ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭ އިން ކަނޑައަޅައިފި އެވެ.
ޝުޖާއުގެ ގޮނޑިއާމެދު ސުވާލު އުފެދި އެ ރަށު ކައުންސިލް ހިންގުން ކައުންސިލްގެ ނާއިބަށް ވަގުތީ ގޮތުން ވަނީ ހަވާލުކޮށްފަ އެވެ.
އެލްޖީއޭ އިން ބުނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުވުމުން ކައުންސިލްގެ މެންބަރު ކަމުގެ މަގާމުން ވަކިވާނެ ކަން ގާނޫނުގައި ބަޔާންވެފައިވެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްްގެ ރައީސް ކަމަށް ދަ ޑިމޮކްރެޓްސްގެ ހައިސިއްޔަތުން އިންތިހާބުވުމަށް ފަހު ދައުރު ފެށުނު ފަހުން މެއި 19 ވަނަ ދުވަހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާކަން ކޮމިޝަނުން އަންގާފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެލްޖީއޭ އިން ބުނީ ޝުޖާއު އަލީ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޖޫން 30 ވަނަ ދުވަހު ބޭއްވި ބޯޑް ބައްދަލްވުމުން ނިންމާފައިވާ ކަމަށެވެ.
ޝުޖާއު ކުރީން ނިސްބަތްވި ދަ ޑިމޮކްރެޓްސް އިއްޔެ ވަނީ އުވާލާފަ އެވެ. އެއީ މެންބަރުންގެ އަދަދު ހަމަނުވެގެންނެވެ.












ކިޔުންތެރިންގެ ހިޔާލު