ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވ. ތިނަދޫ ކައުންސިލުގެ ރައީސް މަސްއޫލިއްޔަތުން އެކަހެރި، ޒިންމާތައް ނައިބުރައީސަށް

STO_Ads
TTH_Ads
Advertisement

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން އަންގައިފި އެވެ.

ޝުޖާއު ތިނަދޫ ކައުސިލަށް އިންތިހާބުވެވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައެވެ. އެ ޕާޓީ އުވާލީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ މެންބަރުންގެ އަދަދު ހަމަނުވެގެންނެވެ. އެއާއިއެކު ޝުޖާއު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރު ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން، ކައުންސިލްގެ މެންބަރު ކަމުގެ މަގާމުން ވަކިވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ތިނަދޫ ކައުންސިލުގެ ނައިބުރައީސް ސާމިރު އަހުމަދަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް ފޮނުއްވި ސިޓީ “އެމްއެމްޓީވީ”އަށް ވަނީ ލިބިފައެވެ.

ސިޓީގައި ވަނީ މި ގާނޫނަށް ރިއާޔަތްކޮށް ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުވުމަށްފަހު، ދައުރު ފެށުނުފަހުން މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އެ ކޮމިޝަނުން އަންގާފައިވާކަމަށެވެ.

އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކިގޮތެއް އަންގަންދެން ކައުންސިލް ރައީސް ޝުޖާއު އަލީ، މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް ކައުންސިލްގެ ރައީސަށް އަންގައިދިނުމަށް ވެސް އެލްޖީއޭއިން އަންގާފައިވެއެވެ.

އަދި މި މުއްދަތުގައި ކައުންސިލް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ނައިބު ރައީސް ހަވާލުކޮށް ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެމަތިން ކައުންސިލްގެ ނައިބު ރައީސްގެ ހައިސިއްޔަތުން، މި ހާލަތުގައި ކައުންސިލް ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އިލްތިމާސްކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

ވ. ތިނަދޫ ރައީސް ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިފި