ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަތުރުކުރި ކާގޯ ބޯޓެއް ފެތެމުންދަނިކޮށް ސަލާމަތްކޮށްފި

Screenshot 2026 07 01 071236 rpqv7fco6j4kebn8grbsma1zws0fensqfjk195zecw.png
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިންއަށް ދަތުރުކުރި ކާގޯ ބޯޓެއްގެ ބަނޑުފިލާ ފަޅައިގެން ގޮސް ބޯޓު ދިޔަވެ ފެތެމުންދަނިކޮށް، އިންޑިއާގެ ކޯސްޓްގާޑުން ބޯޓާއި އޭގެ ފަޅުވެރިން ސަލާމަތްކޮށްފިއެވެ. އިންޑިއާ ކޯސްޓްގާޑުން މައުލޫމާތު ދީފައިވާ ގޮތުގައި، “އެމްވީ ސިއްތާ” ނަމަކަށް ކިޔާ މި ބޯޓުގެ އެކި ކޮމްޕާޓްމެންޓުތަކަށް ފެންބޮޑުވެ، އެހީތެރިކަމަށް އެދި ކަނޑުމަތިން ކުއްލި މެސެޖެއް ފޮނުވާފައިވަނީ ޓުޓިކޮރިންގެ ބޭރުން ދަތުރުކުރަމުން ދަނިކޮށެވެ.

ބޯޓުން އެހީތެރިކަމަށް އެދުމާއެކު، އިންޑިއާ ކޯސްޓްގާޑުގެ ޚާއްސަ މަނަވަރެއް ކަމަށްވާ “އަތުލްޔާ” ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ބޯޑިން ޓީމެއް އެ ބޯޓަށް އަރުވާފައެވެ. ކޯސްޓްގާޑުގެ ޓީމުން ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ ގުޅިގެން ކުރި ކާމިޔާބު މަސައްކަތުން، ހާއްސަ ޕަންޕުތައް ބޭނުންކޮށްގެން ބޯޓަށް ވަދެފައިވާ ފެން ހިއްކައި، ބޯޓު އިތުރަށް ދިޔަވުން ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާގައި ބޯޓަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، ކޯސްޓްގާޑުން ބޯޓު ފެތުނަނުދީ ވަނީ ސަލާމަތްކޮށްފައެވެ. އަދި ބޯޓުގައި ތިބި ހުރިހާ ފަޅުވެރިންގެ ހާލުވެސް ރަނގަޅުކަމަށާއި، ބޯޓުގެ ހާލަތު ކައިރިން ބެލުމަށްފަހު މިހާރު ޓުޓިކޮރިންގެ ބަނދަރަށް ވަނުމަށް ބޯޓަށް ހުއްދަ ދީފައިވާ ކަމަށްވެސް ކޯސްޓްގާޑުން ބުނެއެވެ.

HajjCop_ads
Advertisement

“އެމްވީ ސިއްތާ” އަކީ އާންމު މުދާ އުފުލާ، ދިގުމިނުގައި 57.52 މީޓަރު (188 ފޫޓު) އަދި ފުޅާމިނުގައި 10 މީޓަރު (33 ފޫޓު) ހުންނަ ކާގޯ އުޅަނދެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

moosun

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި

Igmh

ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

moosun

ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި