ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

Igmh
STO_Ads
Maldivian_Ads
TTH_Ads
Advertisement

ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި އެއަރ ކޯއިން ގުޅިގެން ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައި، ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފިއެވެ. ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ އެ އުޅަނދު އަޑިއަށްދިޔަ ސަރަހައްދު ޑައިވްކޮށްގެންވެސް ބަލާފައެވެ.

ތިލަފުށިން ފުރައިގެން ދަތުރުކުރި މި ކޮޅުވެއްޓި ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ލިބިފައިވަނީ އެ ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ހާދިސާ ހިނގުމާއެކު އޭގެ ތެރެއިން އަށް މީހަކު ކަނޑުމަތިން ސަލާމަތް ކުރެވުނު ނަމަވެސް، ބާކީ ތިބި ދެ ބިދޭސީން ވަނީ ގެއްލިފައެވެ. ސަލާމަތް ކުރެވުނު އަށް މީހުން ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ގައިން ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ގާފަރު ކައުންސިލުން ވިދާޅުވެފައިވެއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން އެ ދެ މީހުންގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ. ސަލާމަތީ ބާރުތަކުން ދަނީ މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ދެ މީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

HajjCop_ads
Advertisement

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

މާލެ ސްކޭޓް ޕާކު ސަރަހައްދު ތޮށިގަނޑު ގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް އައިޖީއެމްއެޗަށް ގެންގޮސްފި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

MNDF

“ފްރެންޑް 4” ދޯނިން ގެއްލުނު މީހުން ހޯދަން މާދަމާ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމަނީ