ލ. އަތޮޅުން ހުވަދު އަތޮޅަށް ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް، އެ އުޅަނދުގެ ކެޕްޓަނާއި ސަލާމަތީ ހަރަކާތުގައި އުޅުނު ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި ފުލުހުން ގުޅިގެން ފަށައިފިއެވެ.

މި ހާދިސާ ހިނގި އިރު އެ ދޯނީގައި ޖުމްލަ އަށް މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން ކެޕްޓަން ފިޔަވައި ދެން ތިބި ހަތް މީހުން ވަނީ ސަލާމަތް ކުރެވިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި، މި ދޯނި އަޑިއަށް ދިޔައީ ބޮޑެތި ރާޅުތައް އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާގައި ގެއްލުނު ސިފައިންގެ ބޭކަލާއި ފުލުހުންގެ އޮފިސަރުގެ އިތުރުން ދޯނީގެ ކެޕްޓަން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި މިހާރު ދަނީ ކުރަމުންނެވެ.