ލ. އަތޮޅު ކައިރި ފަރަކަށް އެރި "އުދަރެސް" ބޯޓު އަޑިއަށްދިއުމާ ގުޅިގެން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ގެއްލިގެން ހޯދި އިސްމާއީލް އަފީފް ފެނުނީ ތެޔޮ ހަމެއްގެ އެހީގައި ކަނޑުގައި އޮއްވާ ކަމަށެވެ.

ކަނޑުގައި ތެޔޮ ހަމެއްގައި ހިފަހައްޓައިގެން އިސްމާއީލް އަފީފް އޮތް މަންޒަރު ފެނުނީ އެ ސަރަހައްދުން ދިޔަ އެހެން ދޯންޏަކަށެވެ.

އިޝްތިހާރު އިޝްތިހާރު

ރޭ ދަންވަރު ހިނގި ހާދިސާގައި "އުދަރެސް" ބޯޓު ލ. ސިކްސެންސެސް ރިސޯޓް ކައިރިއަށް ފަރަށް އަރައި އަޑިއަށް ދިޔައެވެ. އެ ބޯޓުގައި ތިބި 12 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އޭގެތެރޭގައި ބިދޭސީން ވެސް ހިމެނެއެވެ.