ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

MNDF
Maldivian_Ads
TTH_Ads
STO_Ads
Advertisement

“ފްރެންޑް 4” ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެވުޒާރާއިން މިހެން ވިދާޅުވީ ދޯނި އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެއްޖެއްގައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ “ފްރެންޑް 4” ދޯނި އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން އެ ވުޒާރާއިން ދިފާޢީ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާ އަދި އެމްއެންޑީއެފްއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ މިވަގުތު ގެއްލިފައިވާ މީހުން ހޯދުމަށް ކަމަށާއި އެކަމުގައި ބޭރުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެ ވުޒާރާއިން ވިދާޅުވީ ބޭރުގެ ފަރާތްތަކާއެކު މަޝްވަރާ ކުރެވެމުންދަނީ ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ކަމަށެވެ. އަދި އަޑިއަށްދިޔަ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްވެސް އެހީތެރިކަން ހޯދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ޚާރިޖީ ވުޒާރާއިން ވަނީ ދެއްވާފައެވެ.

އެމްއެެންޑީއެފުން ހިއްސާކުރައްވާފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ގެއްލުނު މީހުން ހޯދުމަށް މިހާތަނަށް ކަނޑާއި ވައިގެ މަގުން 7400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ. އެއީ ވައިގެމަގުން 6112 އަކަ ނޯޓިކަލް މޭލު، އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލްމޭލުގެ ސަރަޙައްދު ކަމަށް ވިދާޅުވިއެވެ.

ފްރެންޑް 4 ދޯނި ދިޔަވެ، އަޑިއަށްގޮސްފައިވަނީ މިމަހުގެ 5 ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ދޯނީގައި ތިބި މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 3 މީހަކު ވަނީ ގެއްލިފައެވެ.

މި ހާދިސާގައި ގެއްލިފައިވަނީ، އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.

“ފްރެންޑް 4” ނަމަކަށް ކިޔާ މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202609101032351789061555.5756

ތެޔޮ ބޯޓެއް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހި އުރިއްޖެ

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް

MNDF

ގެއްލުނު ތިން މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް