ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެނެޒުއެލާ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 1،430 އަށް، ގެއްލިފައިވާ މީހުންގެ އަދަދުތައް އެތައްހާހަކަށް މައްޗަށް

ބިންހެލުންތަކުގައި ލިބިފައިވާ ގެއްލުންތައް:
TTH_Ads
STO_Ads
Advertisement

ވެނެޒުއެލާއަށް ބުދަދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 1،430 އަށް އަރައިފިއެވެ.

ވެސްޓިފައިވާ އެތައްސަތޭކަ އުސް އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ޓީމުތަކުން ކުރަމުން ގެންދާއިރު، މަރުވެފައިވާ އިތުރު މީހުންގެ ހަށިތައްވެސް ދަނީ ފެންނަމުންނެވެ. އަދި ދިރިތިބި އެތައް ބަޔަކުވެސް ސަލާމަތް ކުރަމުން އެބަ ގެންދެއެވެ.

ރެސްކިއު ޓީމުތަކުން މިހާތަނަށްވަނީ އިމާރާތްތަކުގެ ދަށުން ދިރިތިބި 243 މީހުން ސަލާމަތް ކޮށްފައެވެ.

MMA_Ads
HajjCop_ads
Advertisement

ބިންހެލުންތަކުގައި ޒަޚަމްވި މީހުންގެ އަދަދުވެސް މިހާރު ވަނީ 4،000 އަށް އަރާފައެވެ.

ވެނެޒުއެލާގެ ކަމާބެހޭ އިދާރާތަކުން ބުނަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންގެ އަދަދު 68،900 އަށް އަރާފައިވާ ކަމަށެވެ. މިއީ، އާއިލާތަކުން ވެނެޒުއެލާ ސަރުކާރަށް ރިޕޯޓް ކޮށްފައިވާ އަދަދުތައް ކަމަށް ބުނެއެވެ.

ވެނެޒުއެލާގެ ރެސްކިއު ޓީމުތަކާއި އަދި ދުނިޔޭގެ އެކި ގައުމުތަކުން ގޮސްފައިވާ ޓީމުތަކުންވެސް ގެންދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، ލިބޭންހުރި މެޝިނަރީއާއި، އަތްފުނާ އަޅައިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ދިރިތިބި މީހުން ދެނެގަތުމަށް ކުއްތާވެސް ގެންދަނީ ބޭނުން ކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހު ވެނެޒުއެލާއަށް ފުރަތަމަ އައީ ރިކްޓަރ މިންގަނޑުން 7.2 ގޭ ބާރުމިނުގެ ބިން ހެލުމެކެވެ. އޭގެ ސާޅީސް ސިކުންތުފަހުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު، ވެރިރަށް ކަރާކަސްއާއި، އައްސޭރިފަށުގެ ލަ ގުއައިރާ ސިޓީގެ އިތުރުން، އެހެން ސިޓީތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

އެންމެ ބޮޑަށް ގެއްލުންތައް ލިބިފައިވަނީ ލަ ގުއައިރާ ސިޓީއަށެވެ. އެ ސިޓީގެ ގިނަ އިމާރާތްތައްވަނީ ބިމާހަމަވެފައެވެ.

އިމާރާތްތަކާއި ގެތައް ވެއްޓި ބިމާހަމަވުމުގެ ސަބަބުން 3،100 މީހުން ގެދޮރުނެތި މަގުމަތިވެފައި ވެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ވެނެޒުއެލާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 164 އަށް، 11،000 މީހުން ގެއްލިފައި

ފިލިޕީންސަށް 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްވެއްޖެ

ވެނެޒުއެލާގެ ތެލުގެ ސިނާއަތް މުއްދަތެއް ނެތްގޮތަށް ކޮންޓްރޯލް ކުރާނީ އެމެރިކާއިން: އެމެރިކާ ސަރުކާރު