މެކްސިކޯގެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރައިން ބުނެފިއެވެ.

މެކްސިކޯގެ ސަރަހައްދަށް މިރޭ 7:48 ހާއިރު ބިންހެލުން އައިސްފައިވަނީ، 7.3 މެގްނިޓިއުޓުގެ ބާރުމިނުގައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނީ ކްސިކޯ ސަރަޙައްދަށް އައި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.

An Earthquake of magnitude 7.3 occurred near Cost of Chiapas, Mexico. There is no direct threat to Maldives.

ބިންހެލުން އައިސްފައިވާ ސަރަޙައްދަކީ މާލެއާއި 17،416 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެއްކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މެކްސިކޯގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޗިއާޕަސްގެ އައްސޭރިފަށަށް އައި މިބިންހެލުމާއި ގުޅިގެން އެސަރަހައްދަށް ވަނީ ސުނާމީގެ އިންޒާރެއް ނެރެފައެވެ. އަދި މި ބިންހެލުމުގެ ލޮޅުންތައް ސެންޓްރަލް އެމެރިކާގެ ބައެއް ސަރަޙައްދުތަކަށްވެސް ފޯރާފައިވާ ކަމަށް މައުލޫމާތުލިބެއެވެ.