ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ މާފަރަށް!

TTH_Ads
Maldivian_Ads
STO_Ads
Advertisement

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މިދުވަސްވަރު ދަނީ ވިއްސާރަކުރަމުންނެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށްކަމަށެވެ. އެއީ 62.1 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެއީ 42.5 މިލިމީޓަރުގެ ވާރޭއެވެ.

HajjCop_ads
Advertisement

މޫސުމާބެހޭ ޤައުމީ އިދާރައިން ބުނީ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި، ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މިގޮތުން މާދަމާވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށްވެސް ބުންޏެވެ.

އެ އިދާރާއިން ލަފާކުރާގޮތުގައި މޫސުން އަލިވާން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށާއި، ވައި ހުންނާނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މެލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 20 މެލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވިދާޅުވެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 – 6 ފޫޓާއި ދެމެދުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި 2- 5 ފޫޓާ ހަމައަށް ހުންްނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކަނޑުތަށް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR wkwHboAAiLJN

މިހާރު ކުރަމުންދާ ވިއްސާރާގައި ފޭދޫގެ 70 ގެއަށް ގެއްލުންވި: އެންޑީއެމްއޭ

Moosun

ކުރިއަށްއޮތް ހަފްތާ ބަންދުގައިވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ

Moosun

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހުވެސް ވިއްސާރަކުރާނެ

HNcHVIcbMAAElR9

މެކްސިކޯގެ ސަރަހައްދަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓު