ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

STO_Ads
TTH_Ads
Advertisement

ވެނެޒުއެލާއަށް އިހަށްދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 589 އަށް އަރައިފިއެވެ.

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، މަރުވިކަން މިހާތަނަށް ކަށަވަރު ކުރެވުނު މީހުންގެ އަދަދު 589 އަށް އަރާފައިވާ ކަމަށާއި، ޒަޚަމްވި މީހުންގެ އަދަދު 2،980 އަށް އަރާފައިވާ ކަމަށެވެ.

ބިންހެލުންތަކުގައި އެންމެބޮޑު ގެއްލުންތައް ލިބިފައިވަނީ އައްސޭރިފަށުގެ ލަ ގުއައިރާ ސިޓީއަށެވެ. އެ ސިޓީގެ ހުރިހާ ގެތަކާއި އުސް އިމާރާތްތަކެއްހެން ކަހަލަ ގޮތަކަށް ވެއްޓި ބިމާހަމަވެފައި ވާއިރު، ވެރިރަށް ކަރާކަސްއަށާއި، އެހެން ސިޓީތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

HajjCop_ads
Advertisement

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ އެތަކެއްހާސް މީހުން ގެއްލިފައިވާތީ، ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރައިގެންދާނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ވެނެޒުއެލާގެ އިމަޖެންސީ އިދާރާތަކުން އިއްޔެ ބުނެފައިވަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ގާތްގަނޑަކަށް 11،000 މީހުން ގެއްލިފައިވާ ކަމަށް އާއިލާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެނެޒުއެލާގެ ރެސްކިއު ޓީމުތަކުން ހުއްޓާނުލާ ކުރަމުން ގެންދާއިރު، ބޭރު ގައުމުތަކުގެ ޓީމުތައްވެސް ވެނެޒުއެލާއަށްގޮސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްވާން ފަށާފައި ވެއެވެ.

އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި އަދި ޒަޚަމްވެފައިވާ މީހުން މިހާރުވެސް ސަލާމަތް ކުރަމުން ގެންދާއިރު، އެކަށީގެންވާ ސާމާނު ނެތުމުގެ ސަބަބުން މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމާއި، ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައިވެސް ދަތިތައް ކުރިމަތިވެފައި ވެއެވެ. އެމެރިކާއިން ވެނެޒުއެލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭސް އެތެރެކުރުމާއި، ތަކެތި އިމްޕޯޓްކުރުމާއި، އަދި ބޭރުގެ މާލީ އެހީތެރިކަން ހޯދުމަށް ހުރަސް އެޅިފައި ވެއެވެ.

އެހެންވެ، ވެނެޒުއެލާއަށް 150 މިލިއަން އެމެރިކާ ޑޮލަރިގެ މާލީ އެހީ ފޯރުކޮށްދިނުމާއި، ރެސްކިއު މަސައްކަތަށް ޓީމުތައް ފޮނުވަން އެމެރިކާއިން މަސައްކަތް ފަށާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބިންހެލުންތަކާ ގުޅިގެން ވެނެޒުއެލާގެ ރައީސް ޑެލްސީ ރޮޑްރިގޭޒްވަނީ އެގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި