ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެނެޒުއެލާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 164 އަށް، 11،000 މީހުން ގެއްލިފައި

ބިންހެލުމުގެ ސަބަބުން ވެރިރަށުގެ އިމާރާތެއް ވެއްޓި ބިމާހަމަވެފައި:
TTH_Ads
STO_Ads
Advertisement

ވެނެޒުއެލާއަށް ފުލުފުލުން އިއްޔެ ހަވީރު އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 164 އަށް އަރައިފިއެވެ.

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވީ، ބިންހެލުންތަކުގައި ހާހަކާ ގާތްކުރާ އަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި 11،000 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް، ވެނެޒުއެލާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ވެނެޒުއެލާގެ ވެރިރަށް ކަރާކަސްއާއި، އެހެން ސިޓީތަކަށްވެސް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

HajjCop_ads
Advertisement

ބިންހެލުމާ ގުޅިގެން އެތައް އުސް އިމާރާތަކާއި، ގެއެއް ވެއްޓި ބިމާހަމަވެފައިރު، އެތައް އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ނިސްބަތަށް ބަލައި، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ލަ ގުއައިރާ ސްޓޭޓަށް ކަމަށް ބެލެވޭ ކަމަށް، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ވިދާޅުވެފައި ވެއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެނެޒުއެލާގެ ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، އެކަށީގެންވާ ސާމާނު ނެތުމުގެ ސަބަބުން މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މީގެއިތުރުން، ބިންހެލުންތައް އައިފަހުންވެސް އިތުރު ގުޑުންތައް އަރަމުންދާތީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީވުމަށް އދއިން ދުނިޔެއަށް ގޮވާލާފައި ވާއިރު، ދުނިޔޭގެ އެކި ގައުމުތަކުން މިހާރުވެސް ވަނީ ރެސްކިއު ޓީމުތައް ފޮނުވަން ފަށާފައެވެ. އަދި އެތައް ގައުމަކުން ޓީމުތައް ފޮނުވަން ނިންމައި އިއުލާން ކޮށްފައި ވެއެވެ.

ވެނެޒުއެލާއަށް އެންމެ ފުރަތަމަ އައީ ރިކްޓަރ މިންގަނޑުން 7.2 ގެ ބާރުމިނުގެ ބިންހެލުމެކެވެ. އޭގެ ސާޅީސް ސިކުންތު ފަހުން އައީ 7.5 ގެ ބާރުމިނުގެ ބިންހެލުމެކެވެ.

ބިންހެލުމުގައި ގިނަ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުވެ އެތައްހާސް ބަޔަކު ގެއްލިފައިވަނީ، ބިންހެލުން އައީ ހަފްތާ ބަންދުގައި ކަމަށްވެފައި ގިނަ ބަޔަކު ގޭގައި ތިބި ވަގުތާ ދިމާވުމުން ކަމަށް ވެނެޒުއެލާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެނެޒުއެލާ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 1،430 އަށް، ގެއްލިފައިވާ މީހުންގެ އަދަދުތައް އެތައްހާހަކަށް މައްޗަށް

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ފިލިޕީންސަށް 8.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްވެއްޖެ

ވެނެޒުއެލާގެ ތެލުގެ ސިނާއަތް މުއްދަތެއް ނެތްގޮތަށް ކޮންޓްރޯލް ކުރާނީ އެމެރިކާއިން: އެމެރިކާ ސަރުކާރު