ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭންކް އޮފް މޯލްޑިވްސްއިން 30 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފި

90
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ ޕްރޮގްރާމެއްގެ ދަށުން، ހިނގާބިނގާވެ އުޅުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން 30 ފުރޮޅުލީ ގޮނޑި ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައެވެ. މިއީ މުޖުތަމައުގެ ފައިދާއަށް އެ ބޭންކުން ކުރަމުން އަންނަ މުހިންމު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ 105 އަށްވުރެ ގިނަ ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް 360 އަށްވުރެ ގިނަ ފުރޮޅުލީ ގޮނޑި ވަނީ ހަދިޔާކޮށްފައެވެ.

ބީއެމްއެލުން މައުލޫމާތު ދޭ ގޮތުގައި، މި އަހަރު އެ ބޭންކުން ވަނީ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން ކުރިން ފޯރުކޮށްދެމުން އައި މޮޓޮރައިޒްޑް ފުރޮޅުލީ ގޮނޑިތަކުގެ އިތުރުން، މި އަހަރު އަލަށް ޚާއްސަ މެނުއަލް ފުރޮޅުލީ ގޮނޑިތަކެއް ވެސް ވަނީ ތައާރަފްކޮށްފައެވެ. މި ފަހަރު ތައާރަފްކުރި ގޮނޑިތަކަކީ އަމިއްލައަށް ގޮނޑި ދުއްވުމުގައި ދަތިތައް ހުންނަ އަދި އެހީތެރިންނާއި އާއިލާގެ އެހީތެރިކަމާއެކު އުޅޭ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ގޮނޑިތަކެކެވެ.

HajjCop_ads
Advertisement

މި ހަރަކާތަކީ އިޖުތިމާޢީ ޒިންމާގެ ދަށުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ބޭންކުން ބުނާ ގޮތުގައި، މި އެހީތެރިކަމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

bml

އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި