ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑައިމޯފިން ޓެރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

Igmh
Maldivian_Ads
STO_Ads
TTH_Ads
Advertisement

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލާގައި ހުކުމް އިއްވީ ށ. މިލަންދޫ، ސުނީތާހައުސް، އަލީ އިބްރާހިމް، 37، އަށެވެ.

މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، އަދި އެ ތަކެތިން ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 12 ޖެނުއަރީ 2023 ވަނަ ދުވަހު އަލީ އިބްރާހިމް ދިރިއުޅޭ ގެ ބަލައި ފާސްކުރި އެވެ. މި ފާސްކުރުމުގެ ތެރޭގައި އޭނާގެ ކޮޓަރިން 10 ގްރާމަށް ވުރެ ގިނަ ޑައިމޯފިން ފެނިފައިވެ އެވެ. އެގޮތުން، ކޮޓަރީގައި ހުރި މޭޒުމަތީގައި އޮތް ފޮތްތަކެއްގެ ތެރެއިން 0.1129 ގްރާމް ޑައިމޯފިން އަދި އަލަމާރީގައި ހުރި ގަމީހެއްގެ ޖީބުން 9.7570 ގްރާމް ޑައިމޯފިން ފެނިފައިވެ އެވެ. މި މައްސަލައިގެ ތަހުގީގުގައި އޭނާ ވަނީ މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފުވެފަ އެވެ.

HajjCop_ads
Advertisement

މިލަންދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރި ހުކުމުގައި، ދައުލަތުން ހުށަހެޅި 12 ޝަފަހީ ހެކި އަދި 16 ކިތާބީ ހެކީގެ މައްޗަށް ބިނާކޮށް، ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. ހެކިތަކުގެ ތެރޭގައި އޭނާގެ ކޮޓަރިން ފެނުނު ކްރެޑިޓް ލިސްޓަކާއި، ބޭންކް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކުގެ ރިކޯޑުތައް ހިމެނެ އެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. ކޯޓުގައި ދިފާއުވަމުން އަލީ އިބްރާހިމް ބުނެފައިވަނީ، އެ މަސްތުވާތަކެއްޗަކީ އޭނާއާ ގުޅުމެއް ހުރި ތަކެތި ނޫން ކަމަށާއި އެ ކޮޓަރިއަކީ އެހެން މީހުން ވެސް ވަދެ ނިކުމެ އުޅޭ ތަނެއް ކަމަށެވެ. ނަމަވެސް ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ ބަސް ދޮގުކުރެވޭ ކަމަށް ކޯޓުން ކަނޑައެޅި އެވެ. މި ކުށުގެ އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވި އިރު، ބަންދުގެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަންޖެހޭނީ 24 އަހަރާއި 11 މަހާއި 1 ދުވަހުގެ މުއްދަތެކެވެ. މީގެ އިތުރުން 12 މަސްދުވަސް ތެރޭގައި 100،000 ރުފިޔާ ދެއްކުމަށް ވެސް އޭނާއަށް ވަނީ އަމުރުކޮށްފަ އެވެ.

އަލީ އިބްރާހިމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ އިތުރު ތިން މައްސަލައެއް މިހާރު ވެސް އެ ކޯޓުގައި ހިނގަމުން ދެ އެވެ. މި މައްސަލަތައް މަޑުޖެހިފައި ވަނީ މިހާރު ހުކުމް ކުރެވުނު މައްސަލަ ނިމެންދެން މަޑުކޮށްދިނުމަށް އޭނާގެ ފަރާތުން އެދުމާ ގުޅިގެންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި