ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ މުވައްޒަފުން މަދުކުރުމުން 22 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: މެނޭޖިން ޑިރެކްޓަރު

Fenaka MD
TTH_Ads
STO_Ads
Maldivian_Ads
Advertisement

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންގަނޑަކަށް ފެއްތުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމުން، ކުންފުނީގެ ޚަރަދުން ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.

ފެނަކަ ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ އުސޫލުން ހިންގުމަށްޓަކައި، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށް މެނޭޖިން ޑިރެކްޓަރު ފާހަގަކުރެއްވި އެވެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ވަސީލަތްތައް އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނެ މަގު ފަހިކުރުމެވެ. މި ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަވެ، މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުންފުނީގެ ހިންގުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަފީފް ވިދާޅުވީ، 8000 އެއްހާ މުވައްޒަފުން މިހާރު ފެނަކައިގައި މަސައްކަތް ކުރަމުންދާ ކަމަށާއި، މުސާރައަށް އެކަނި ވެސް މަހެއްގެ މައްޗަށް 90 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށެވެ. ކުންފުނީގެ ބައެއް ގޮފިތަކުގައި މަސައްކަތަށް ބޭނުންވާ މިންވަރަށް ވުރެ ގިނައިން މުވައްޒަފުން ތިބުމަކީ ކުންފުނީގެ ހިންގުމަށް ބުރޫއަރައި، ދުވަހުން ދުވަހަށް ނިންމަން ޖެހޭ މަސައްކަތްތައް ލަސްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރަށްރަށުގެ ރައްޔިތުން ވެސް އެދެނީ ވީހާވެސް އަވަހަކަށް މި ކަންކަން ރަނގަޅުކޮށް، ފެނަކައިގެ ހިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މުވައްޒަފުންގެ އަދަދު މިންގަނޑުގެ ތެރެއަށް ފެއްތުމުގެ ގޮތުން، އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ކުންފުނިން ވަނީ ހުޅުވާލާފަ އެވެ. މި ފުރުސަތުގައި 97 މުވައްޒަފަކު ވަޒީފާއިން ވަކިވުމަށް މިހާތަނަށް ހުށަހަޅާފައިވެ އެވެ. މިހާރު ކުރިއަށްދަނީ އެ މުވައްޒަފުން ވަޒީފާއިން ވަކިވުމަށް ފުރިހަމަ ކުރަން ޖެހޭ އިދާރީ ކަންކަން ނިންމުމުގެ މަރުހަލާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި