ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

43
Maldivian_Ads
STO_Ads
TTH_Ads
Advertisement

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މި މައްސަލާގައި މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރެވުނުއިރު، ލަމްހާގެ މައްޗަށް ކުރެވުނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

އޮކްޓޫބަރު 2021 ގައި ހިނގި މި ހާދިސާގައި، މޭރީ ގްރޭސް އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ މާވިން ދިން މައުލޫމާތުތައް ތަހުގީގުގެ ތެރެއިން ދޮގުކުރެވުމާ ގުޅިގެން، ދައުލަތުން ވަނީ އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. ދެ ފަރާތުން ވެސް ކުށަށް އިންކާރުކުރުމާ ގުޅިގެން ދައުލަތުން ވަނީ 74 ޝަފަހީ ހެކި ހުށަހަޅައިފަ އެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ހުށަހެޅި ހެކިތަކުން މާވިން އާއި ލަމްހާގެ މައްޗަށް ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

މި މައްސަލާގައި ކޯޓުން ރިއާޔަތްކުރި މުހިންމު ހެކިތަކުގެ ތެރޭގައި މެޑިކަލް އަދި ޕޯސްޓްމޯޓަމް ރިޕޯޓުތައް ހިމެނެއެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މޭރީގެ ކަރުގެ އެތެރޭގެ ކަށިކޮޅެއް ބިންދައިގެން ގޮސްފައި ވަނީ ބޭރުން ކަރަށް ފިތުމުގެ ސަބަބުންނެވެ. މީގެ އިތުރުން، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ލިބިފައިވާއިރު، މާވިންގެ ހަށިގަނޑުން ވެސް ވަކީގެ ނިޝާންތައް ފެނިފައިވެ އެވެ. ޑިޖިޓަލް ފޮރެންސިކްސް ތަހުލީލުތަކުން މާވިންގެ ފޯނުގައި މީހަކު ނޭވާ ހާސްކޮށްލަން ބޭނުންކުރާ “ޗޮކްހޯލްޑް ޕޮޒިޝަން” ފަދަ އުކުޅުތައް ސާޗްކޮށްފައިވާކަން ވަނީ ހޯދިފަ އެވެ. އަދި މާވިން އާއި ލަމްހާގެ ދެމެދުގައި ހިނގާފައިވާ ޗެޓްލޮގްތަކުން، އެ ދެ މީހުންގެ ގުޅުމާއި ކައިވެނިކުރަން ބޭނުންވެފައިވާ މިންވަރު ފަޅާއަރާފައިވެއެވެ.

HajjCop_ads
Advertisement

މާވިންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން އަދަބާ ބެހޭ ގޮތުން ވާހަކަދެއްކުން، ދިފާއީ ވަކީލުންގެ އެދުމުގެ މަތިން އަންނަ މަހުގެ އެއް ވަނަ ދުވަހަށް ވަނީ ފަސްކޮށްފަ އެވެ. މި ކުށް ސާބިތުވުމާ ގުޅިގެން މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. ބަންދުގައި ހުރި މާވިން ވަނީ މި މައްސަލައިގެ ތެރޭގައި އިސްލާމްވެ، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފަ އެވެ. މިހާރު ވެސް އެ ދެ މީހުން ތިބީ ބަންދުގައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

criminal court

ކެނަބިސް ޓްރެފިކް ކުރި މީހަކު 14 އަހަރަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފި

Saeed

ޓެލެގްރާމް މެދުވެރިކޮށް ބަރަހަނާ މަންޒަރު ފަތުރައިގެން މާލީ މަންފާ ހޯދި ތިން މީހަކު ޖަލަށްލާން ހުކުމްކޮށްފި

Igmh

ޝިއާއު މަރާލި މައްސަލައިގައި ޝާހިލްގެ މައްޗަށް އުފުލި ދައުވާތަކުގެ އަޑުއެހުންތައް ނިންމާލައިފި