ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުން ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ސޮއިކުރެއްވިއިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރުއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ދެވަނަ ފިޔަވަހީގައި އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ހެދުމަށް ބޭނުންވާ ޖާގަ އެޗްޑީސީން މިހާރު ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ސްޓެލްކޯގެ ފަރާތުން އެޗްޑީސީއަށް ވަނީ ލައިޓް ޕޯސްޓްތަކެއްވެސް ހަދިޔާކޮށްފައެވެ.
ހިޔާ ފްލެޓުތަކާއި ފަހި ފްލެޓުތަކާއެކު މިހާރު އެންމެ ގިނަ ބަޔަކު އާބާދުވަމުންދާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ހުޅުމާލޭގެ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ މަރުހަލާ އެ ކުންފުންޏުން މިހާރު ވަނީ ނިންމާލާފައެވެ.










ކިޔުންތެރިންގެ ހިޔާލު