ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަރެސްމާތޮޑާއަށް 800 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވައިފި

STO_Ads
TTH_Ads
Advertisement

ގދ. ފަރެސްމާތޮޑާއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން އެރަށަށް ފޮނުވި 800 ކިލޯވޮޓުގެ އާ ޖެންސެޓް އެރަށަށް ފޮނުވައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި، ފަރެސްމާތޮޑާއަށް މި ޖެންސެޓް ފޮނުވީ އެރަށުގެ ކަރަންޓުގެ ބޭނުންތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ޚިދުމަތް މެދުނުކެނޑި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. މި އާ ޖެންސެޓާއެކު އެރަށުގެ އިންޖީނުގެއަށް ދިމާވެފައިވާ ލޯޑް ބޮޑުވުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިން އިތުރަށް ހާމަކުރި ގޮތުގައި، ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރަށްރަށުގެ ކަރަންޓުގެ ވިއުގަ ވަރުގަދަކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

HajjCop_ads
Advertisement

ފަރެސްމާތޮޑާއަށް މިއަދު ގެންދެވުނު 800 ކިލޯވޮޓުގެ ޖެންސެޓް އިންޖީނުގެއަށް އިންސްޓޯލްކޮށް، ވީ އެންމެ އަވަހަކަށް ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި އާ އިންޖީނުގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހާއި، ހޫނު މޫސުމުގައި ކަރަންޓަށް އަންނަ ލޯޑަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް އެރަށު ރައްޔިތުން އުންމީދު ކުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HOY2rwrbcAAmdIQ

ފެނަކައިގެ އިސްވެރިންތަކަކަށް ފިޔަވަޅުއަޅަން އަންގައިފި

88887

ފެނަކައިގެ އައްޑޫ ބްރާންޗުގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

Main 20260716

ލ. ހިތަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި

ފެނަކައިގެ މަރަދޫފޭދޫ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި