ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާސީ ދަތިތަކާއެކުވެސް އީރާނަށް ޕޮއިންޓެއް

New zealand vs iran
STO_Ads
Maldivian_Ads
TTH_Ads
Advertisement

ސިޔާސީ ޕްރެޝަރާއި ދަތިތަކާއެކުވެސް އެމެރިކާގައި ކުޅުނު މެޗުން އީރާނުން ޕޮއިންޓަކުން ފަށައިފިއެވެ.

ވިސާ ދިނުމުގައާއި އެނޫންވެސް ގޮތްގޮތުން އެމެރިކާއިން އީރާނަށް ކުރިމަތިކުރުވާ ދަތިތަކާއި، މެކްސިކޯގައި ކޭމްޕްކޮށްގެން ސީދާ މެޗަށް އެމެރިކާއަށް ދަތުރުކޮށް ނިއުޒިލޭންޑާ ދެކޮޅަށް ކުޅުނު މެޗުން ވަނީ އެއްވަރުކޮށްފައެވެ. 2-2އިން އެއްވަރުވެ މެޗުން ވަނީ އެއް ޕޮއިންޓު ލިބިފައެވެ.

މެޗުގައި ދެފަހަރުވެސް ނިއުޒިލޭންޑުން ކުރި ހޯދާފައިވަނިކޮށް އީރާނުން ވަނީ ފަހަތުން އަރައި ނަތީޖާ އެއްވަރުކޮށްފައެވެ.

HajjCop_ads
Advertisement

ނިއުޒިލެންޑުން ލީޑް ނެގީ މެޗު ފަށައިގެން ހަތްވަނަ މިނިޓްގައި އެލައިޖު ޖަސްޓް އެވެ. މިއީ މެޗުގައި އިރާނުން ފޮނުވާލި ފުރަތަމަ ހަމަލާވެސް މެއެވެ. ގޯލް ޖަހަން ފުރުޞަތު ތަނަވަސްކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކްރިސްޓަލް ޕެލަސްގެ ފޯވާޑް ކްރިސް ވުޑް އެވެ. އިރާނުން ނަތީޖާ ހަމަހަމަކުރީ ހާފް ނިމުމުގެ ކުރިން 32 ވަނަ މިނިޓްގައި ރަމިން ރެޒައްޔާން އެވެ. ހައިޑްރޭޝަން ބްރޭކަށްފަހު ވަރަށް އަވަހަށް ފަށާ އޭނާ ގޯލް ޖެހީ ކީޕަރަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ގޯލް ބަލައިގަތީ އޮފްސައިޑްތޯވެސް ޔަގީން ކުރުމަށްފަހުއެވެ.

ދެވަނަ ހާފްވެސް ރަނގަޅަށް ފަށާ، ނިއުޒިލެންޑުން ދެވަނަ ފަހަރަށް ލީޑް ނެގީ ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނިޓްގައެވެ. މިލަނޑުވެސް ޖެހީ އެލިއަހު ޖަސްޓް އެވެ. މިލަނޑުގައިވެސް ކްރިސް ވުޑްގެ ހިއްސާ ބޮޑެވެ. އޭގެ ދިހަ މިނިޓް ފަހުން އިރާނަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު މޮހެބީ އެވެ. މިއީ އިރާނުގެ ފުރަތަމަ ލަނޑު ޖެހިރަމިން ރެޒައެއިއަން ތަނަވަސްކޮށްދިން ފުރުޞަތަކުން ޖެހި ލަނޑެކެވެ.
މިގްރޫޕްގެވެސް ފުރަތަމަ ދެ މެޗު ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. ފުރަތަމަ މެޗުގައި ބެލްޖިއަމް އާއި މިޞްރު އެއްވަރުވީ 1-1 ނެވެ.

މި މެޗު ބެލުމަށް ހަތްދިހަ ހާހަށްވުރެ ގިނަ މީހުން ވަނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

OXG24QD4NVNDDLRUPTEHG4MKVY

މިޞްރުގެ ކޯޗު ހޮސާމް އެއްބަސްވުން އައުކޮށްފި

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއާ ބައިވެރިވާ ގައުމުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

6a892d02a3106bc5df926f9e (1)

ޕަރޭޑޭސް 10 މެޗަށް، އަޔާލާ 3 މެޗަށް ސަސްޕެންޑުކޮށް، އާޖެންޓީނާ 321،000 ޑޮލަރުން ޖޫރިމަނާކޮށްފި

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!