ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އީރާނުން، ބެލޖިއަމް މުޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.
ލޮސް އޭންޖެލީޒް ސްޓޭޑިއަމުގައި ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އިރާންގެ މެހްދީ ތަރޭމީ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރުބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ. މެޗުގެ ދެވަނަ ހާފުގައި ކުޅުން އިތުރަށް ފޯރިގަދަވެގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރު ނޭތަން އެންގޯއީއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
މެޗުގައި ބެލްޖިއަމްއިން 23 ހަމަލާ އުފެއްދި ނަމަވެސް، މީގެތެރެއިން ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަސް އެޅީ މުޅި މެޗުގައިވެސް އެންމެ މޮޅު ކުޅުމެއް ދެއްކި އިރާނުގެ ކީޕަރެވެ.
މި ނަތީޖާއާއިއެކު މި ދެ ޓީމު ހިމެނޭ ގުރޫޕުން ގަދަ 32 ޓީމުގެ ބުރަށް ކުރިއަށްދާނެ ޓީމުތައް ކަށަވަރުކުރަން މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.










ކިޔުންތެރިންގެ ހިޔާލު