އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް އެމެރިކާއިން ހިންގާ ކެމްޕޭންގައި ބައިވެރިވާ އަވަށްޓެރި ގައުމުތަކަކީ ދުޝްމަނުންގެ ގޮތުގައި ދެކޭނެ ކަމަށާއި، އެ ގައުމުތަކުގެ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.
މި އިންޒާރު ދެއްވީ އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހައްމަދު ރަޒާއީ، ހޮނިހިރު ދުވަހު ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރްއައިބީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ރަޒާއީގެ މި އިންޒާރު އައިސްފައި މިވަނީ އީރާނުގެ އިގްތިސާދު ބަލިކަށިކޮށްލުމަށް އަމާޒުކޮށް، އިގްތިސާދީ ބޮޑު އޮޕަރޭޝަނެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

އެހެންނަމަވެސް އީރާނުން ބުނީ، ފުރަތަމަ އިސްކަން ދޭނީ މަޝްވަރާގެ ޒަރީއާއިން މައްސަލަ ހައްލުކުރުމަށް ކަމަށާއި، ހަނގުރާމަ ފުޅާކުރުމަކީ އެ ގައުމުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު