އެމެރިކާގެ ދައުރުގެ މެދުތެރޭ އިންތިޚާބުގެ ނަތީޖާއާއެކު އެއްވެސް ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ވާހަކަތައް އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީ ވަނީ ދޮގުކުރައްވައި ބޭރުކޮށްލައްވާފައެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ދެކޮޅުވެރި ސިޔާސަތު އެގޮތުގައި ދެމިއޮންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންނެވި ގޮތުގައި، މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ އީރާނަށް ޙަމަލާ ދިނުމެވެ. އެހެންނަމަވެސް، ތެހެރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށްޓަކައި އެ ފިޔަވަޅު އަޅަން އެމެރިކާއަށް މަޖުބޫރުވީ ކަމުގައި ޓްރަމްޕް ބަޔާންކުރެއްވިއެވެ.
ޔަމަނުގެ ސަރުކާރުގެ ލަޝްކަރުތަކުން ހާމަކުރި ގޮތުގައި، ޙޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އުސްފަސްގަނޑުތައް އެ ފަރާތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު، އެ ފައުޖުތަކުން މިހާރު ދަނީ އިރުމަތީ އަލް-ޖައުފް ޕްރޮވިންސްގެ އަލް-ދަހީދާ ފަރުބަދަމަތީގެ ސަރަޙައްދުތަކުގެ ތެރެއަށް އިތުރަށް ކުރިއަރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.