ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާގޯ ބޯޓު އަޑިޔަށްދިޔައީ ނުރައްކާތެރި މަގަކުން ދަނިކޮށް މައިނެއްގައި ޖެހިގެން: އިންގިލާބީ ލަޝްކަރު

–
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅި ތެރެއިންލާފައި ދަތުރުކުރި ކާގޯ ކޮންޓެއިނަރު ބޯޑު އަޑިޔަށް ދިޔައީ މައިނެއްގައި ޖެހިގެން ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރު – އައިއާރްޖީސީގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކާގޯ ބޯޓު މައިނެއްގައި ޖެހުނީ، އީރާނުން ދަތުރުކުރުން މަނާކޮށްފައިވާ އަދި ނުރައްކާތެރި މަގަކުން ދަތުރުކޮށްފައި ދަނިކޮށް ކަމަށެވެ.

މައިންގައި ޖެހި ގޮވައި، އަޑިޔަށް ދިޔައީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓެއް ކަމެއް ނޭނގޭ ކަމަށް އީރާނު މީޑިއާއިން ބުނެއެވެ. ނަމަވެސް ބައެއް މީޑިއާ ވަސީލަތްތަކުން ބުނަނީ އެއީ ޔޫއޭއީގެ ކޮންޓެއިނަރ ބޯޓެއް ކަމަށެވެ.

HajjCop_ads
Advertisement

ކާގޯ ބޯޓު އަޑިޔަށް އިރު އޭގައި 25،000 ކޮންޓެއިނަރު ހުރި ކަމަށް ވެއެވެ. އޭގެތެރެއިން ގިނަ ކޮންޓެއިނަރުތަކާއި އަދި ބޯޓުގައި ހުރި އެހެން ސާމާނު ބޯޓު އަޑިޔަށް ދިޔަ ސަރަހައްދުގެ މަޑުމަތިން ފެންނަ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އަޑިޔަށްދިޔަ ބޯޓުގައި މައިގަނޑުގޮތެއްގައި ހުރީ ޑުބާއީން ބަރުކޮށްގެން ގެންދިޔަ އަގުބޮޑު ސެންޓާއި އައިފޯން ކަމަށް ވެއެވެ.

އަޑިޔަށް ދިޔަ ބޯޓުން ބޭރުވެ ކަނޑުމަތީގައި އޮޔާދާ އައިފޯން ފަދަ ބައެއް ތަކެތި އުމާންގެ މަސްވެރި ކުދި އުޅަނދުތަކުން ނަގާފައިވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.

ނަމަވެސް، ކާގޯ ބޯޓުގައި ތިބި ފަޅުވެރިންނަށް ވީގޮތަކާ ގުޅޭގޮތުން މީޑިއާއިން އަދި ހާމަކޮށްފައިވަނީ ވަރަށް މަދު މައުލޫމާތެކެވެ. އެމީހުން ސަލާމަތްވި ކަމެއް މުޅިން ސާފެއް ނުވެއެވެ.

އައިއާރްޖީސީ ނޭވީން ތަކުރާރުކޮށް ގެންދަނީ، އީރާނުގެ ހުއްދަނެތި އެއްވެސް ކަނޑުއުޅަނދެއް ހޮރްމޫޒު ހުރަސްކުރަން މަސައްކަތް ނުކުރުމަށް އިންޒާރު ދެމުންނެވެ.

އީރާނުގެ އެންގުންތަކާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން މަސައްކަތްކުރާ ކާގޯ ބޯޓުފަހަރާއި، ތެޔޮ ޓޭންކަރުތަކަކީ އެމެރިކާ ސިފައިން ޔަގީންކަން ދީގެން އެމެރިކާ ބުނާ މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރެވެ.

ކާގޯ ބޯޓު އަޑިޔަށްދިޔަ ފަހުން، އީރާނުގެ އެންގުމާ ޚިލާފަށް ހޮރްމޫޒު ހުރަސްކުރަން އުޅުނު ތެޔޮ ޓޭންކަރަކަށް އީރާނުން ހަމަލާ ދީފައި ވެއެވެ. އޭގެ ގަޑިއެއްހާއިރު ކުރިން އިތުރު އުޅަނދަކަށްވެސް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

ހޫޘީން އުޅެނީ އިންތިޚާބުގެކުރިން ގަސްތުގައި ތެލުގެ އަގު ބޮޑުކުރަން: އެމެރިކާގެ ރައީސް

އެއަރބޭހަށް ދޭންއުޅުނު ހަމަލާގެ އަޑީގައިއޮތީ އީރާނުކަން “ގާތްގަނޑަކަށް ޔަގީން”: އިނގިރޭސި ބޮޑުވަޒީރު

ހޮރްމޫޒު ކަނޑުއޮޅިން އަނެއްކާވެސް ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި