ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ބްލޮކޭޑަކީ ރައްޔިތުން ރުޅިއަރުވައި މަގުތަކަށް ނެރެން ކުރާކަމެއް: އީރާނުގެ ރައީސް

އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެމެރިކާގެ ބްލޮކޭޑަކީ އީރާނުގެ އާންމުން ރުޅިގަދަކޮށް، ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނެރެ ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

އީރާނުގެ ދައުލަތުގެ ޓީވީން އާންމުކުރި ރައީސްގެ ބަޔާނެއްގައި ޕެޒެޝްކިއާން ވިދާޅުވީ، އީރާނު މިހާރު ތަހައްމަލް ކުރަމުންދަނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް ފަހު އެގައުމަށް ކުރިމަތިވެފައިވާ އެންމެ ވަރުގަދަ ބްލޮކޭޑް ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ވަރުގެ ވަރުގަދަ ބްލޮކޭޑަކާއި ހަނގުރާމައަކާއި ދަތިތަކަކާ، ވޭތުވެދިޔަ 48 އަހަރުގެ ތެރޭގައި އީރާނަށް ކުރިމަތިލާން ޖެހިފައި ނުވާކަމަށް ރައީސް ޕެޒެޝްކިއާން ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެމެރިކާއިން މަސައްކަތް ކުރަމުން ގެންދަނީ އީރާނުގެ އާންމުންގެ ދިރިއުޅުން ދަތިކޮށް، ސަރުކާރާ ދެކޮޅަށް އާންމުން މުޒާހަރާތަކަށް ނުކުތުމަށް މަޖުބޫރުކުރުމަށް ކަމަށް ވިދާޅުވެ އީރާނުގެ ރައީސް އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ.

ޕެޒެޝްކިއާން ވިދާޅުވީ، އެމެރިކާއިން ކުރަމުންދާ މަސައްކަތްތައް ފޯކަސް ކުރަމުންދަނީ ރައްޔިތުން ކަންބޮޑުވެ ދަތިތަކާ ކުރިމަތިލައި، އަދި އެއަށްފަހު މުޒާހަރާތައް އުފެދި، އެމީހުންގެ ނުބައި މަގުސަދުތައް ހާސިލް ކުރެވޭތޯ ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް އިޝާރާތް ކުރައްވައި އީރާނުގެ ރައީސް ވިދާޅުވީ، އަސްކަރީ ފިޔަވަޅު އަޅައިގެން އީރާނު ބޯލަނބަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. ބޮމާއި މިސައިލްގެ ބޭނުންކޮށްގެން މުޖުތަމައެއް އަމާންދިނުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު އެތެރެއިން ބައިބައިވެ ބައިބައިވެއްޖެނަމަ ދުޝްމަނުންގެ މަގްސަދު ހާސިލްވާނެ ކަމަށް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވިއެވެ.

މިފަދަ ބައިބައިވުން އުފެދުނަ ނުދިނުމަށްޓަކައި ގައުމީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހަރުދަނާކޮށް، ކުރިއަށް އޮތް ދަތިތަކާ ކުރިމަތިލާއިރު އެކުގައި ތެދުވެވޭނެ ގޮތެއް ހޯދައިދޭންޖެހޭ ކަމަށްވެސް އީރާނުގެ ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކާގޯ ބޯޓު އަޑިޔަށްދިޔައީ ނުރައްކާތެރި މަގަކުން ދަނިކޮށް މައިނެއްގައި ޖެހިގެން: އިންގިލާބީ ލަޝްކަރު

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

ހޫޘީން އުޅެނީ އިންތިޚާބުގެކުރިން ގަސްތުގައި ތެލުގެ އަގު ބޮޑުކުރަން: އެމެރިކާގެ ރައީސް

އެއަރބޭހަށް ދޭންއުޅުނު ހަމަލާގެ އަޑީގައިއޮތީ އީރާނުކަން “ގާތްގަނޑަކަށް ޔަގީން”: އިނގިރޭސި ބޮޑުވަޒީރު