އަޕަރ ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި ފުލުހުންގެ އަގުވަޒަންކުރުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މި ޖޫން މަހުގެ 14 ވަނަ ދުވަހު ހދ. ފިނޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން އަދި ޝަރަފުގެ ނިޝާން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި، އަޕަރ ނޯތު ޕޮލިސް ރީޖަންގެ ނުވަ ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެއެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، 34 ފުލުހެއްގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު