މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ބައްޕައާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި ތައުޒިއާ ދަންނަވައިފިއެވެ.
މަރުހޫމް އަހުމަދު އާސިފްގެ ބައްޕައާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވީ މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގެ ތެރެއިން ހއ. އުލިގަމަށް ވަޑައިގެންނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު އާސިފް ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާގެ އިތުރުން މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރެއްވިއެވެ.
މަރުހޫމް އަހުމަދު އާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ކޮމިޝަނަރ މި ބައްދަލުވުމުގައިވެސް ތަކުރާރުކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު