ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ

Fish Travel Maldives
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މާލެ ސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފޯމް ހުށަހަޅާ ތަރުތީބަށް ބަލައިގެންކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖޫން 17، 2026 ގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވުޒާރާއިން އެދިފައިވެއެވެ.

HajjCop_ads
Advertisement

މި މުބާރާތުން އެއްވަނައަށްދާ ޓީމަކަށް 30،000 ރުފިޔާގެ އިނުމަށް ހަމަޖެހިފައިވާއިރު، ދެވަނައަށް 25،000 ރުފިޔާ އަދި ތިންވަނައަށް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ “ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އޭ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން” އެވެ. މީގެ މާނައަކީ އަޅުގަނޑުމެންނަށް އެނގިފައިވާ ދުނިޔެއަށްވުރެ ބޮޑަށް، ކަނޑާ އެކު އޮންނަ ގުޅުން އާ ގޮތަކަށް ބައްޓަންކުރުމެވެ. ރާއްޖޭގެ ސަރަހައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 3339225 ނުވަތަ 3339272 އާ ގުޅުއްވައިގެން ސާފުކުރެއްވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ބާއްވައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިޓަލީގެ ރޯމްގައި ބޭއްވި މަސްވެރިކަމުގެ ސަމިޓުގައި ދިވެހި މަސްވެރިއެއް ބައިވެރިވެއްޖެ!

masverin

މަސްވެރި އުޅަނދުތަކަށް ސަބްސިޑީ ލިބޭނީ ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީ ވެގެން

masverin mifco

113 މަސްވެރިއަކަށް 14.5 މިލިއަން ރުފިޔާގެ ލޯނު

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި