ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކުގެ ބޮޑުބެ ޗެލެންޖަށް ފުރުސަތު ހުޅުވާލައިފި

STO_Ads
TTH_Ads
Advertisement

ފުވައްމުލަކު ސިޓީގައި މިހާތަނަށް ބޭއްވި، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދެވަނަ އެޑިޝަނުގައި ބައިވެރިވުމަށް މުޅި ރާއްޖެއަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރު ބޮޑުބެ ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ވެސްޓްރޭޑެވެ. ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް އިން ޕާޓްނާޝިޕް ވިތު މައި ޕެރަޑައިސް މިއަހަރު ބާއްވަން ނިންމާފައި ވަނީ އޮގަސްޓް މަހުގައެވެ. އެގޮތުން އޮގަސްޓް 17 ވަނަ ދުވަހު މުބާރާތް ފަށަން ހަމަޖެހިފައިވާ އިރު، ބައިވެރިވުމަށް މުޅި ރާއްޖެއަށް ހުޅުވާލާފައިވެއެވެ.

ވެސްޓްރޭޑް ބޮޑުބެ ޗެލެންޖްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ މުބާރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ފޯމު ފުރުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ. އަދި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.

HajjCop_ads
MMA_Ads
Advertisement

މިދިޔަ އަހަރު ބޮޑުބެ ޗެލެންޖް، ހަމައެކަނި ފުވައްމުލަކުގެ ޓީމުތަކަށް ފުރުސަތު ހުޅުވާލި ނަމަވެސް މިފަހަރު މުޅި ރާއްޖެއަށް އެ ފުރުސަތު ހުޅުވާލީ ގަވާއިދަށްވެސް ބަދަލަކާއެކުގައެވެ. އެގޮތުން ބައިވެރިވާ ޓީމުގައި ހިމެނެން ވާނީ އެ ބައިވެރިވާ ޖަމިއްޔާ ޖަމާއަތެއް ނިސްބަތްވާ ރަށަށް ނިސްބަތްވާ ކުޅުންތެރިން ކަމަށް ކަނޑައަޅާފައިވާ އިރު، އޭގެ ތެރޭގައި ރަށުން ބޭރު ދެކުޅުންތެރިން ޖެހުމަށް ފުރުސަތު ދީފައިވެއެވެ. އަދި އެ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ ރާއްޖޭން ބޭރުގެ ކުޅުންތެރިޔަކަށްވުން އެއީ މައްސަލައެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ޖުމުލަ 10 ޓީމާއެކު މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޮޑުބެ ޗެލެންޖް ވެގެން ގޮސްފައި ވަނީ ފޯރިގަދަ، ތަފާތު މުބާރާތަކަށެވެ. ފުވައްމުލަކު ސިޓީގައި މިހާތަނަށް ބޭއްވި، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ބޮޑުބެ ޗެލެންޖްގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ޔުނައިޓެޑް ދިގުވާނޑޮއެވެ.

ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކެޕްޓަން އަލްމަރްޙޫމް ޢަބްދުލްޢަޒީޒްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު

Fuvahulah atoll maldives banner

ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް

Fuvahulah atoll maldives banner

5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި ނާސަރީއެއް