ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކާއި ކޭބަލް ޖަންކްޝަންތަކާއި ހޮޅިތައް ވަޅުލުމުގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ބުނެފިއެވެ.
ފުވައްމުލައް ސިޓިގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ބޮޑަށް ކުރިއަށްދަނީ އެސިޓީގެ އެތެރޭގެ މަގުތައް ތަރައްޤީކުރުމެވެ. އެމްޓީސީސީން ބުނީ މަޝްރޫޢޫގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށެވެ.
ފުވައްމުލައް ސިޓީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 2ވަނަ ފިޔަވަހީގެ ދަށުން 52 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ސަރުކާރު ހަވާލުވިއިރު ފުވައްމުލަކު ސިޓީގެ 2ވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ނަމަވެސް މިހާރު ސަރުކާރުން މި މަސައްކަތް ފަށައިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ފުވައްމުލައް ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ފަސޭހައެއް ލިބިގެންދާނެކަމެއްކަމަށް އާންމު ރައްޔިތުން ވަނީ ބުނެފައެވެ.
ފުވައްމުލައް ސިޓީގެ މަގު ހެދުމުގެ 3ވަނަ ފިޔަވަހީގެ މަސައްކަތްވެސް މިހާރު ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. މިވަގުތު ކުރިއަށްދަނީ މިކަމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ މަސައްކަތެވެ.










ކިޔުންތެރިންގެ ހިޔާލު