އެމް.ޑަބްލިޔު.އެސް.ސީ އިން މާލޭގެ ޕީ.އެސް – 04 ގެ ސްވަރޭޖް މެއިންލައިން އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ރީޓެންޑަރ ކޮށްފިއެވެ.
މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޖޫން 2026 އިން 13 ޖޫން 2026 ގެ ނިޔަލަށް ރެޖިސްޓްރީ ވާންޖެހެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރެޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14 ޖޫން 2026 ވާ ދުވަހުގެ ރަސްމީ ގަޑީގައި އީމެއިލް ކުރެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވުމާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެ މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮތުމާއި، މީރާގައި ޖީ.އެސް.ޓީ އަށް ރެޖިސްޓްރީވެފައިވުމާއި، ފާއިތުވެދިޔަ ހަ މަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮންނަ ފަރާތަކަށް ވާންޖެހެއެވެ.
މައުލޫމާތު ސާފުކުރުން 14 ޖޫން 2026 ގައި 14:30 ގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބާއްވާއިރު، އަގު ހުށައެޅުން އޮންނާނީ 18 ޖޫން 2026 ގައި 14:30 ގައި އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގެ 6 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށައަޅާއިރު 10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅަންޖެހޭއިރު، ބިޑް އެވާރޑްކުރެވޭ ފަރާތުން ބިޑްކުރި އަދަދުގެ 10 ޕަސެންޓް ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި 5 ދުވަސް ތެރޭގައި ހުށައަޅަންޖެހެއެވެ.










ކިޔުންތެރިންގެ ހިޔާލު