ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ސަރަހައްދުގެ ކަނޑުގެ އަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ ދިރާސާ އެމްޑަބްލިޔޫއެސްސީން ފަށައިފި

WhatsApp Image 2026 10 17 at 15.50.30
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެ ސަރަހައްދުގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ފީސިބިލިޓީ ސްޓަޑީގެ ޢަމަލީ ދިރާސާގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔޫއެސްސީ) އިން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެމްޑަބްލިޔޫއެސްސީ އިން ދަނީ ޤައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމާއެކު ދެމެހެއްޓެނިވި ޢުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި، އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރަމުންނެވެ.

މިގޮތުން، މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ފްލޯޝަންގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ ޓެސްޓް ނަތީޖާއިން ދައްކާ ގޮތުގައި މިއީ އާދަޔާޚިލާފަށް ސާފު ފެނެކެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން، މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީޢީ ފެން މަޞްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެކެވެ.

HajjCop_ads
Advertisement

WhatsApp Image 2026 10 17 at 15.50.31

ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެއެވެ.

މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި، މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމް.ޑަބްލިޔޫ.އެސް.ސީ އިން ވަޒަންކުރާނެއެވެ. މިއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔޫ.އެސް.ސީ އިން ވެފައިވާ ދިގު މުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބޮޑު ބާރެކެވެ.

ޓެކްނިކަލް ރެފަރެންސް: ފްލޯޝަން – “ހައު އިޓް ވޯކްސް” އަދި ފްލޯޝަން ރަސްމީ ވެބްސައިޓް. ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާއި ދެމެދުގެ މިންވަރަކަށް ކުޑަކޮށްދޭކަމަށް ބުނެފައިވަނީ ފްލޯޝަންގެ ޓެކްނޮލޮޖީ ނަތީޖާއަށް ބަލައިގެންނެވެ. މިއީ ދިވެހިރާއްޖެއަށް އަދި ކަށަވަރުކުރެވިފައިވާ ނަތީޖާއެއް ނޫނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ސޮއިކޮށްފި

MWSC MD Fahumy

ފުވައްމުލަކަށް ފޮނުވި އިތުރު އާރޯ ޕްލާންޓާ އެކު ފެން އުފެއްދުމުގެ ޤާބިލުކަން 90 އިންސައްތަ އިތުރުވާނެ: ފަހުމީ

WhatsApp Image 2026 10 03 at 13.03.15

އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތާ އެމްޑަބްލިޔުއެސްސީން ރަސްމީކޮށް ހަވާލުވެއްޖެ

Qw

އެމްޑަބްލިޔުއެސްސީ ޝޯރޫމަށް 10 އަހަރު ފުރުމުން ޚާއްސަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް