ރ. ދުވާފަރުގެ ކަރަންޓު ވިއުގަ މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި، މިއަދު މެންދުރުފަހު އެ ރަށުގެ ކަރަންޓުގެ ޚިދުމަތް ވަކި ވަގުތުތަކެއްގައި މެދުކެނޑިދާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އަންގައިފިއެވެ.

މި ކަމާއިގުޅިގެން އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، ދުވާފަރުގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ފެންވަރު ރަނގަޅުކޮށް، ބޭނުންކުރާ ޖަނަރޭޓަރތަކުގެ ކޫލިންގ ސިސްޓަމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 13:30 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށެވެ. އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ރަށުގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަރާމާތުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މާފަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1575 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.