ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްތަކުގައި ހިމެނޭ ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި

scam alert
STO_Ads
TTH_Ads
Advertisement

މިދިޔަ ހަފުތާގައި ރިޕޯޓްކުރި ސްކޭމްގެ މައްސަލަތަކުގައި ފޭރިގަތް ފައިސާގެ ތެރެއިން ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ. މިމައްސަލަތަކުގައި ދެ ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަނީ ފޭރިގަނެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މެއި މަހުގެ 31 އިން ޖޫން މަހުގެ 06 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 33 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 258,356.00 ރުފިޔާ ފޭރިގަނެފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް، ކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން މީގެ ތެރެއިން 150,693.00 ރުފިޔާ އަނބުރާ ހޯދައިދީފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ.

HajjCop_ads
Advertisement

ބޭނުންކުރި ސްކޭމްގެ ބާވަތްތައް

އީ-ކޮމާސް: 19 މައްސަލަ
ފައިސާ މާރުކުރުން: 4 މައްސަލަ
އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 3 މައްސަލަ
އެހެނިހެން: 7 މައްސަލަ

ސްކޭމްކުރަން ބޭނުންކުރި މަންސަތައް

އޮންލައިން މެސެޖިން
އައިބޭ
ފޯން ކޯލް
ފިޝިން ލިންކް
ފޭސްބުކް މާކެޓްޕްލޭސް

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ، އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޚާއްޞަކޮށް، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ފޮނުވުމުން ދުރުހެލިވުމަށާއި، މުދާ ލިބޭނެކަން އިތުރު ގޮތްގޮތުން ކަށަވަރު ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދެއްވާފައެވެ. ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަކީ، މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

މީގެ އިތުރުން، ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި “125” ހޮޓްލައިން މެދުވެރިކޮށް މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބޭންކުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން މައުލޫމާތު ބަދަލުކުރުމުގެ އަވަސް ނިޒާމެއްގެ ތެރެއިން މިހާރު ދަނީ، ގެއްލޭ ފައިސާ އަނބުރާ ހޯދުމަށާއި ކުށްވެރިން އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ސިނަމާލެ ބްރިޖުމަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފި

police

މިދިޔަ ހަފުތާގައި ސްކޭމްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލި، އޮޅުވާލުމުގެ މައްސަލަތައް އިތުރުވެއްޖެ

Boduthakurufaanu magu 1 1536x1023

ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބޭރުގައި ޕާކު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

88887

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން އިންޑިއާ މީހަކު ހައްޔަރުކޮށްފި