ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިފްކޯއިން މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް

Mifco
TTH_Ads
STO_Ads
Maldivian_Ads
Advertisement

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މިއަދު މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއަދުވެސް މިފްކޯގެ ހަތް ބަނދަރަކުން ދަނީ މަސް ގަންނަމުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރާއި ގއ. ދާންދޫގެ ބަނދަރުގެ އިތުރުން ޏ. ފުވައްމުލަކު ބަނދަރުންނެވެ.

މިބަނދަރުތަކުން މިއަދު މަސްގަންނަމުންދަނީ 20 ރުފިޔާއަށްކަމަށް މިފްކޯއިން ބުންޏެވެ.

HajjCop_ads
Advertisement

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެއްކަމަށްވުމާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު އިތުރުވެފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސްގަންނަ އަގުތަކަށް މިފްކޯއިން ބަދަލުގެންނަމުންދާއިރު މިހާރު މިފްކޯގެ ބަނދަރުތަކުން މަސް ގަންނަމުންދަނީ 18.50 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފަހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން (ޕްރައިވެޓް ސެކްޓާ) މަސް ގަންނަ އަގުތަކާ އެއްވަރުކޮށްފައެވެ.

މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ އާއްމުދަނީ އިތުރުވެގެންދާނެއެވެ. މިއީ މި ދަނޑިވަޅުގައި މަސްވެރިންނަށް ލިބުނު ބޮޑު ހިތްވަރެކެވެ.

މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅުވެސް 18.50 އަށް މަސް ގަތެވެ. އެެހެންނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ތެޔޮ އަގުބޮޑުވެ، މިފްކޯގެ އޮޕަރޭޝަނަށް އޭގެ ނޭދެވޭ އަސަރުކުރުމާއި ގުޅިގެން މަސް ގަަންނަމުން އައީ 17 ރުފިޔާގެ ރޭޓުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ތައިލެންޑުގައި ބާއްވާ “ޓޫނާ 2026” ކޮންފަރެންސް ގައި މިފްކޯއިން ބައިވެރިވެއްޖެ

FHAM

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

WhatsApp Image 2026 09 04 at 14.10.47

ސީފުޑް އޭޝިއާ އެކްސްޕޯގައި ބައިވެރިވި މަޤްސަދު ހާސިލުވެއްޖެ: މިފްކޯ

masverin

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކުރި