ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މ. އަތޮޅުގެ ފުރަތަމަ ޙާފިޒާއާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

Sstv FORM FOR EC
STO_Ads
TTH_Ads
Advertisement

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މ. އަތޮޅުން ޙާފިޒުކަމުގެ ސަނަދު ޙާޞިލުކުރި ފުރަތަމަ ޙާފިޒާ، ފާޠިމަތު މޫނިސާ މޫސާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ޚާއްޞަ ބައްދަލުކުރެއްވުމުގައި، ވަޒީރު ވަނީ އަލްޙާފިޒާ ފާޠިމަތު މޫނިސާ މޫސާ ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ. އަދި ކީރިތި ޤުރުއާނުގެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށް އެކަމަނާއަށް ނުހަނު ބޮޑަށް ހިތްވަރު ދެއްވާފައިވެއެވެ.

މ. މުއްޔަށް އުފަން އުމުރުން 19 އަހަރުގެ އަލްޙާފިޒާ ފާޠިމަތު މޫނިސާ މޫސާ، ޙާފިޒުކަމުގެ ސަނަދު ޙާޞިލުކުރައްވާފައިވަނީ 18 މޭ 2026 ގައެވެ. މި ޝަރަފުވެރި ސަނަދު އެކަމަނާ ޙާޞިލުކުރައްވާފައިވަނީ އެއްވަނަ ދަރަޖައިގައި ފާސްވެގެންނެވެ. މިއީ މ. އަތޮޅަށާއި މުޅި ދިވެހިރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރެއް ކަމުގައި ފާހަގަކުރެވެއެވެ.

HajjCop_ads
Advertisement

ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މަތިވެރި ނިޢުމަތް ޙާޞިލުކުރާ ފަރާތްތަކަށް ސަރުކާރުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަބަދުވެސް އަންނަނީ ޚާއްޞަ އަހައްމިއްޔަތުކަމެއް ދެމުންނެވެ. މިގޮތުން މިއަދުގެ ބައްދަލުވުމަކީވެސް ޤައުމުގެ ޒުވާނުން މި ރޮނގުން ކުރިއަށްދިއުމަށް ދެވުނު ވަރަށް ބޮޑު ހިތްވަރެއްކަމުގައި ބެލެވެއެވެ

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

90

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އިސްލާމީ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: މިނިސްޓަރު ޝަހީމް

dr shaheem

ނަމާދު ގަޑީގައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް އަޑު ކަނޑާލަން އަންގާފައެއް ނުވާނެ: ޑރ. ޝަހީމް

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި