ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރު ހާފިޒުންގެ އަދަދު ދެގުނަވާނެ: މިނިސްޓަރު ޝަހީމް

121
STO_Ads
TTH_Ads
Advertisement

އަންނަ އަހަރު ދަސްވެނިވާ ކީރިތި ޤުރުއާން ހިތުދަސް ހާފިޒުންގެ އަދަދު މި އަހަރަށް ވުރެ ދެގުނަ އިތުރު ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހާފިޒުން ދަސްވެނިވުމުމުގެ ރަސްމިއްޔާތު އަލަށް ބޭއްވީ މި އަހަރުއެވެ. އެގޮތުން ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ އެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާ އިރު، އެ ރަސްމިއްޔާތުގައި 24 ހާފިޒުން ދަސްވެނިވިފައިވެއެވެ.

މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އަންނަ އަހަރުގެ ރަމަޟާން މަހުގެ 27 ވިލޭރޭ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

“މިދިޔަ 27 ވިލޭރެއާ ބަލާފަ ދެގުނަ ގިނަވާނެ. އިންޝާ ﷲ. މި ހަފުތާގައި ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި ހާފިޒުންގެ އިމްތިހާނު ކުރިއަށް އެބަދޭ.” މިނިސްޓަރު ވިދާޅުވިއެވެ.

ރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރެކޯޑްތަކުން ދައްކާގޮތުން، މި ވަގުތު ރާއްޖޭގައި 266 ހާފިޒުން އެބަތިއްބެވެ. އަދި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއްގައި މި ވަގުތު 1،434 ދަރިވަރުން އަންނަނީޯ ޤުރުއާން ހިތުދަސްކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 783 އަންހެނުންނާއި އަ 651 ފިރިހެނުންނެވެ.

ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ކިޔަވަމުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގަ އެވެ. އެގޮތުން މާލެ ގޮފީގައި މި ވަގުތު 424 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު، ހުޅުމާލޭ ގޮފީގައި 155 ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުން ދެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނަ މީހުން ކިޔަވަމުން އަންނަނީ ޢިލްމު އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑީޒްގައެވެ. އެތަނުގައި 127 ދަރިވަރަކު އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.

އަތޮޅުތެރެއަށް ބަލާ އިރު، އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ރ. ކިނޮޅަހުގައި ހިންގާ ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގަ އެވެ. އެ ގޮފީގައި 80 ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުން އަންނަ އިރު ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ފުވައްމަލަކުގައި ހިންގާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. އެއީ 67 ދަރިވަރުންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ސަރުކާރުން އަންނަނީ ޚާއްޞަ އިނާޔަތެއް ވެސް ދެމުންނެވެ. އެގޮތުން ކުރިން ދެމުން އައި 2،000ރ. ގެ އެލަވަންސް މި މަހުން ފެށިގެން ވަނީ 4،000ރ. އަށް ބޮޑުކޮށްފައެެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

90

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އިސްލާމީ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: މިނިސްޓަރު ޝަހީމް

Sstv FORM FOR EC

މ. އަތޮޅުގެ ފުރަތަމަ ޙާފިޒާއާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

dr shaheem

ނަމާދު ގަޑީގައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް އަޑު ކަނޑާލަން އަންގާފައެއް ނުވާނެ: ޑރ. ޝަހީމް

ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި