ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގައި ކެމިކަލް ހުންނަ މިންވަރު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ފަށަނީ

988
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގައި ކެމިކަލް އެކުލެވޭ މިންވަރު ދެނެގަތުމަށްޓަކައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ހާއްސަ ދިރާސާއެއް ކުރުމަށް ނިންމައިފިއެވެ.

ދިވެހިން ކައިބޮއެ އުޅޭ ތަކެތީގައި ހިމެނޭ ކެމިކަލްގެ ބާވަތްތަކާއި އޭގެ މިންވަރު ސާފުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެމްއެފްޑީއޭގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރު ހާލިސާ މުހައްމަދު ހާމަކުރެއްވި ގޮތުގައި، ދަނޑުތަކުގައި ހައްދާ ތަކެތި ޓެސްޓުކުރާނެ މެތަޑުތައް މިހާރު އަންނަނީ ތަރައްގީކުރަމުންނެވެ. އަދި ޓޯޓަލް ޑައިޓް ސްޓަޑީއެއް ހަދައި، ދިވެހިންގެ އާންމު ކެއުމުގައި ހިމެނޭ ތަކެތީގައި ހުރި ކެމިކަލްތައް ދެނެގަތުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކެންސަރު ބަލި އިތުރުވަމުންދާތީ، އެއީ ކާބޯތަކެތީގައި ހުންނަ ކެމިކަލްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ކޮންޓެމިނޭޓް ދިރާސާ ހެދުމުން، ގިނައިން ހުންނަނީ ކެންސަރަށް މަގުފަހިވާ ކޮން ކެމިކަލެއްކަން ޔަގީންކަމާއެކު އެނގިގެންދާނެއެވެ. މިހާތަނަށް ރާއްޖޭގައި މިފަދަ ޔަގީން ސައިންޓިފިކް މައުލޫމާތެއް އެއްކުރެވިފައެއް ނުވެއެވެ.

HajjCop_ads
Advertisement

މި ދިރާސާ ކުރިއަށް ގެންދިއުމަށްޓަކައި ޑަބްލިއުއެޗްއޯއާ ގުޅިގެން ޕްރޮޕޯސަލެއް ވަނީ އެކުލަވާލާފައެވެ. ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ އެކަމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ދިވެހިންގެ ކާބޯތަކެއްޗާ ގުޅޭ ސާވޭއެއް ހެދުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ ރޭވިފައެވެ. ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއަށް ލާޒިމްކޮށްފައިވާ މި މަސައްކަތްތައް އަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ ބޭނުންވާ ފަންޑު ހަމަޖެހުމުންނެވެ.

މިހާރުވެސް މާކެޓުގައި ހުންނަ ތަކެތީގެ ރެންޑަމް ސާމްޕަލް ނަގައިގެން އަންނަނީ ޓެސްޓު ކުރަމުންނެވެ. ނަމަވެސް، އާ މެތަޑުތައް ތަރައްގީވުމުން ދަނޑުތަކުން ތަކެތި ބާޒާރަށް ނެރުމުގެ ކުރިން ޓެސްޓު ކުރެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެހިގެންދާނެއެވެ. މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

އާންމު ފިހާރަތަކުގައި އެމްއެފްޑީއޭގެ ހުއްދަނެތި ބޭސް ވިއްކުން މަނާކޮށްފި

Qw

ހުއްދަ ނެތި ބޭސް އެތެރެކުރާ ފަރާތްތައް 100,000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އާ ގަވާއިދެއް

Qw

ފުޓް އިންސްޕެކްޓަރުންގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ޖޫރިމަނާ ކުރެވޭ އުސޫލެއް ނެރެފި

health ministry

ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމްއެފްޑީއޭއިން ދީފި