ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަމާނީ ޑިޖިޓަލް ނިޒާމްގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާނަން: ގީލާ

461850 885e58fd 6
Maldivian_Ads
TTH_Ads
STO_Ads
Advertisement

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމާނީ ޑިޖިޓަލް ނިޒާމުތައް ބޭނުންކުރުމަކީ ކުރިމަގުގެ މުހިންމު ތަސައްވުރެއް ކަމުގައި ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ފ. ނިލަންދޫގައި ބޭއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖެއަކީ ކާބޯތަކެތި އިމްޕޯޓްކުރުމަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވާއިރު، އެތަކެތި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެހެންކަމުން ރައްޔިތުން ކެއުމަށް ބޭނުންކުރާ ކޮންމެ އެއްޗަކީ ރައްކާތެރި އަދި ފެންވަރު ރަނގަޅު އެއްޗެއްކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޚާއްސަ އިސްކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު 23 މެއި 2024ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަކީ މިދާއިރާއިން ހޯދުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޤާނޫނީ ބިންގަލުގެ ސަބަބުން ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ރާއްޖޭގެ ނިޒާމު ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ލެބޯޓަރީތަކުގެ ޤާބިލްކަން އިތުރުކޮށް، ކާބޯތަކެތީގެ ނުރައްކާތައް މޮނިޓަރކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ޞިއްޙީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާ އަދި ދަނޑުވެރިކަމުގެ ދާއިރާ ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާމުތައް ފުޅާކުރުމަކީ އަމާޒެއްކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ. ކާބޯތަކެތި ތައްޔާރުކުރުމުގައި ރައްކާތެރިކަމުގެ ހަމަތައް ހިފެހެއްޓުމާއި، އާންމުން މިކަމަށް ހޭލުންތެރިކުރުވުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށް އެކަމަނާ ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމުގެ ސަގާފަތެއް ގޭބިސީތަކުން ފެށިގެން ބިނާކުރަންޖެހެއެވެ.

ކާބޯތަކެތިން ޖެހޭ ބަލިތައް މަދުކޮށް، ވިޔަފާރީގެ އައު ފުރުސަތުތަކަށް މަގުފަހިކުރުމަކީ މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ޞިއްޙީ ދާއިރާގެ ޒިންމާއެއް ނޫންކަމަށާއި، މިއީ މުޅި ޤައުމުގެ ޒިންމާއެއްކަމަށް ފާހަގަކުރައްވައި، ކޮންމެ ސުފުރާއެއްގައި ހުންނަ ކެއުމަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Resorts

ހުޅުމާލެ ހޮސްޕިޓަލުގައި ގޭސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތް ފަށައިފި

Saeed

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ ނިންމުންތައް ނިންމަނީ ފަންނީ ދިރާސާތަކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް: ވަޒީރު ޤީލާ

Geealaa health minister

ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ވަޒީރު ގީލާ

1784200864435 eoaaeq

އިތާ ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފި