ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަބްދުﷲ ސޯދިގު ކާމިޔާބުކުރައްވައިފި

Sstv FORM FOR EC
TTH_Ads
STO_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރެއްވި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވޯޓު ފޮށިތައް ގުނުމަށްފަހު ލިބުނު ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި އަބްދުﷲ ސޯދިގަށް ވަނީ 804 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވި ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބިވަޑައިގަތީ 644 ވޯޓެވެ. މީގެ ކުރިން އައްޑޫ ސިޓީގެ މޭޔަރުގެ މަގާމު ތިން ދައުރު ފުރުއްވާފައިވާ ސޯދިގު އިންތިހާބު ކާމިޔާބު ކުރެއްވިކަން މި ނަތީޖާތަކުން މިހާރު ވަނީ ކަށަވަރުވެފައެވެ.

މި އިންތިހާބުގެ ނަތީޖާއާއެކު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ގޮނޑީގެ އަދަދަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މި ކާމިޔާބީއާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ޖުމްލަ އަދަދު 12 އިން 13 އަށް އިތުރުވެފައިވާއިރު، ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް ވަނީ ދަށްވެފައެވެ.

HajjCop_ads
Advertisement

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ކޯޓު ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. މިއީ އެ ހުކުމަށްފަހު އެ ދާއިރާގެ ގޮނޑި ފުރުއްވަން ބޭއްވުނު ބައި-އިލެކްޝަނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބައްދަލުވުންތައް ލައިވްކުރުމަށް އެމްޑީޕީން އެދިއްޖެ

88887

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަންވަރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރު ބާތިލުކޮށްފި

Io

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފައިސަލް ފާޅުކުރައްވައިފި

Igmh

އެމްޑީޕީގެ މަގުޗާޓު ނިންމަން ފައްޔާޒަށް މުގައްރިރުކަންދީ ކޮމިޓީއެއް އެކުލަވާލައިފި