ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ ޓެކްސީ ގެ އެންޑްރޮއިޑް އެޕްވެސް ތައާރަފުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

“މާލެ ޓެކްސީ ލައިން” އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ފުރަތަަމަ މި އެޕް ތަޢާރަފް ކޮށްފައިވަނީ އެޕަލްގެ އެޕްސްޓޯރުގައި އައިއޯއެސް އެޕަލް ބްރޭންޑުގެ ފޯނުތަކަށް އެކަންޏެވެ. ނަމަވެސް މިހާރު އެންޑްރޮއިޑް ފޯނު ގެންގުޅޭ ރައްޔިތުންނަށް ވެސް މިޚިދުމަތް ހޯދޭނެ އެވެ.

މާލެ ޓެކްސީގެ ހިދުމަތް ހޯދާ ފާރަތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ މޯބައިލް އެޕްލިކޭޝަން ” މާލެ ޓެކްސީ” އިފްތިތާހުކޮށް ބޭނުންކުރަންފެށީ މި މަހުގެ ދެ ވަނަ ދުވަހުންފެށިގެންނެވެ.

HajjCop_ads
Advertisement

އެމްޓީސީސީން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުތަކަށް ހޯދުމުގެ އިތުރުން، ދުރާލާ ދަތުރުތައް ތާވަލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ އެ ދަތުރެއް ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިން ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ދަތުރުތަކަށް ފައިސާ ދެއްކުމުގައިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެޕްލިކޭޝަންގައިވާ “ވޮލެޓް” އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، “ސްކޭން އެންޑް ޕޭ” ގެ ޚިދުމަތްވެސް ބޭނުންކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހިދުމަތްހޯދާ ފަރާތްތަކުން ކޮށްފައިވާ ދަތުރުތަކާއި، ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްޞީލުވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކުއްލި ޙާލަތްތަކުގައި ބޭނުންކުރެވޭނެ “އިމަޖެންސީ ފީޗާ” އެއްވެސް މި އެޕްލިކޭޝަންގައި ހިމަނާފައިވެއެވެ. އެމްޓީސީސީން ބުނީ، މި އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.

މާލެ ޓެކްސީ ލައިނަކީ، ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެމްޓީސީސީން އިތުރަށް ބުނީ، މޯބައިލް އެޕްލިކޭޝަން ތަޢާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި “މާލެ ޓެކްސީ” ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލެވިފައިވާނެކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

HRm9exUbYAACcj

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ