"މާލެ ޓެކްސީ" މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށް، ބޭނުންކުރަން ފަށައިފިއެވެ.

މާލެ ސަރަޙައްދުގެ ޓެކްސީގެ ޚިދުމަތް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ހެދި މި އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެކުރިން ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ދެމުންދިޔަ މި ޚިދުމަތް، އައު މޯބައިލް އެޕާއެކު އިތުރަށް ފަސޭހަވެ، ދަތުރު ފެށުމުގެ 3 ގަޑިއިރު ކުރިން ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުޞަތު ވެސް މިހާރު ލިބޭނެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް އެޕް ވޮލެޓުން، ކާޑުން ނުވަތަ ކިއުއާރް ކޯޑު ސްކޭންކޮށްގެން ފައިސާ ދެއްކޭނެއެވެ. ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ "އިމަޖެންސީ ފީޗަރ" އެއް ހިމަނާފައިވާއިރު، ޑްރައިވަރަށް ގުޅުމާއި، މެސެޖުކުރުމުގެ އިތުރުން ޓެކްސީ ތެރޭގައި ބޭއްވޭ ތަކެތި ރިޕޯޓްކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެމްޓީސީސީން ވިދާޅުވީ އައު އެޕްލިކޭޝަނާއެކު ވެސް، ކުރިއެކޭ އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެ ކަމަށެވެ.