ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރާނެކޮށް ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކޮށް، ކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.
މެޓުން ބުނީ ދެކުނާއި ހުޅަނގުދެކުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށައި އެހެން ހިސާބުތަކަށް ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެދުރާއްޖެތެރޭއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓައި 7 ފޫޓާ ދެމެދުއެވެ. އަދި ދެކުނަށް ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުއެވެ.










ކިޔުންތެރިންގެ ހިޔާލު