ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން: ސާޖިދާ

saajida
STO_Ads
TTH_Ads
Advertisement

އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން ކަމަށާއި ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ޤާއިމުކުރެވޭނީ، އޯގާތެރި މުޖުތަަމައެއް ބިނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާ އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

“މިއީ ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫން. އެންމެ ވަރުގަދަ ރައްކާތެރިކަމެއް ކުދިންނަށް ލިބިގެންދާނީ ގޭތެރެއާއި، ސުކޫލުތަކާއި، މުޖުތަމައުގެ ތެރޭގައި އަޅުގަނޑުމެން ހިފަހައްޓާ އުސޫލުތަކާއި ކުރާ އަމަލުތަކުން. އެގޮތުން ކުދިންނާ ވާހަކަދައްކާ ގޮތާއި، އެކުދިންގެ އަޑުއަހާ ގޮތާއި، އަދި އެކުދިންނަށް ދައްކާ ނަމޫނާއަކީ ވަރަށްވެސް މުހިންމު ކަމެއް.” ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

HajjCop_ads
MMA_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ރައްކާތެރިކަމާއި، ބާރުވެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށް މުޅި މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް ސަރުކާރުން އިސްނަގައިގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް މިކަމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންނަކީ މިގައުމުގެ އުންމީދުކަން ފާހަގަކުރައްވާ ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، މިއަދު ކުދިން ތަރުބިއްޔަތު ކުރާ ގޮތަކީ ހަމައެކަނި އެކުދިންގެ މުސްތަގުބަލަށް ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމައުގެ ކުރިމަގާއި ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަށް އޯގާތެރިވެ އަޅާލުމަކީ ހަމައެކަނި އެކުދިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމެއް ނޫންކަމަށާއި، އެކުދިންގެ ފިކުރާއި، އަހުލާގާއި، މުޖުތަމައަށް ބޭނުންތެރި، އިތުބާރު ހުރި ބަޔަކަށް ހެދުމަށް ބޭނުންވާ މާލީ އަދި އަހުލާގީ ބިންގާ އަޅައިދިނުން މުހިއްމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުގައި ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ގާނޫނުތަކާއި މުއައްސަސާތަކުގެ ޒިންމާއެއް ނޫންކަން ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ހަގީގީ މާނައިގައި ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ރައްކާތެރިކަމުގެ ނިޒާމުތަކެއް ގާއިމުކޮށްގެން ނޫން ކަމަށެވެ. މިކަން ކުރެވޭނީ ކަންކަމަށް ސަމާލުވާ، މަޢުލޫމާތު ލިބިފައިވާ، އޯގާތެރި އަދި އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރާ މުޖުތަަމައެއް ބިނާކޮށްގެން ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުޑަކުދިން ރައްކާތެރިކުރުމަކީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ މައިންބަފައިންނާއި، މުދައްރިސުންނާއި، އަދި ރަނގަޅު މަގު ދައްކައިދޭ މުޖުތަމައުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ޤައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން “މަޝްވަރާ އޮން ޗައިލްޑް ރައިޓް” ނުވަތަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މަޝްވަރާގެ ނަމުގައި ހާއްސަ ހަރަކާތެއް މިވަނީ ފަށާފައެވެ. މި ހަރަކާތަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ ކަންކަމާއި، އެކުދިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އިޖުތިމާއީ ވުޒާރާއިން ވިދާޅުވެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

459886 d25634c1 4

މެޑަމް ސާޖިދާ ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތްކުރައްވައިފި

ކޮޅުނބުގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް މެޑަމް ސާޖިދާ ޒިޔާރަތް ކުރައްވައިފި

459645 cb4fa01a e

“އުފަކާރަ” ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި