ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަހޫދީ ވަޒަންވެރިން ނުކުމެ އަޤްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ހިންގާ ޖަރީމާތައް ކުށްވެރިކޮށްފި

Al Aqsa Mosque
TTH_Ads
STO_Ads
Advertisement

ޣައިރު ގާނުނީ ސަހުޔޫނީ ދައުލަތުގެ ހިމާޔަތުގެ ދަށުގައި ޔަހޫދީ ވަޒަންވެރިން ނުކުމެ އަޤްސާ މިސްކިތުގެ ހުރުމަތް ކަނޑާލުމަށް ހިންގަމުންދާ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ސަހުޔޫނީންގެ މި އަމަލު ކުށްވެރިކޮށް ދިވެހި ދައުލަތުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މިފަދަ ނަމާދުކުރަން އަޤްސާ މިސްކިތައްދާ މުސްލިމުންނަށް ނުވަދެވޭނެހެން ހުރަސްއެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުކަމެއްކަމަށެވެ. މިފަދަ އަމަލުތަކަކީ އަޤްސާ މިސްކިތުގެ މާތްކަމާއި ގާނޫނީ ހައިސިއްޔަތު އަދި ތާރީހީ މުހިންމުކަން  ނަގާލުމުގެ މަގުސަދުގައި ގަސްދުގައި ހިންގާ ނުރައްކާތެރި އަމަލުތަކެއްކަމަށް ބަޔާނުގައި ބުންޏެވެ.

އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް ޔަހޫދީ ދައުލަތުން އިހުތިރާމް ކުޑަކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވައި، އެފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލަމުންދާ ގޮވާލުން ބަޔާނުގައިވަނީ ތަކުރާރުކޮށްފައެވެ.

HajjCop_ads
MMA_Ads
Advertisement

އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެމުން ބަޔާން ނިންމާލަމުންވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުންވެސް ތަކުރާރުކޮށްފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްޖިދުލްް އަޤްޞާއަށް ވަނުން މުއްދަތެއް ނެތް ގޮތަށް މަނާ ކޮށްފި