ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ މީޑިއާ ފޯރަމް ޗައިނާގައި ފަށައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މީޑިއާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ “އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް” ޗައިނާގައި ފަށައިފިއެވެ.

މި ފޯރަމަކީ ޗައިނާގެ ސީޕީސީ ސެންޓްރަލް ކޮމިޓީއާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވަރމަންޓް ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.

މި ފޯރަމް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ޝެންޖެންގައެވެ. އަދި ފޯރަމްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ތަފާތު ހަރަކާތްތައް މި މަހުގެ 3 އިން 4 އަށް ޗައިނާގެ ތިން ސިޓީއެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

HajjCop_ads
Advertisement

ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރަޙައްދީ އެކި ޤައުމުތަކުގެ މީޑިއާ ކުންފުނިތަކާއި، މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، ސަރުކާރުތަކުގެ މުއައްސަސާތަކުގެ އިތުރުން އދ. ގެ އެޖެންސީތަކާއި ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތައް ތަމްސީލުކުރައްވާ އިސް ފަރާތްތަކުން ވަނީ ވާހަކަދައްކަވާފައެވެ. ޖުމްލަ 42 ޤައުމަކުން 220 މީޑިއާ އިދާރާއަކުން މި ފޯރަމްގައި ބައިވެރިވެއެވެ.

މި ފޯރަމްގެ ތެރެއިން މުހިންމު ދެ ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ފުރަތަމަ ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިޔައީ “އެކި މުޖްތަމަޢުތަކުގެ ވާހަކަތަކުން އުނގެނުން” މި މަޢުޟޫއަށެވެ. އަދި ދެވަނަ ޕެނަލް ޑިސްކަޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޤައުމުތަކުގެ ސިނާއީ ބަދަހިކަމާ ގުޅޭ ތަޖުރިބާތަކުގެ މައްޗަށެވެ.

ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ދިވެހިރާއްޖޭގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއަރޕާސަން އައިމިނަތު ނަމްޒާ ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ. ނަމްޒާގެ ވާހަކަފުޅުގައި، ދުނިޔޭގެ ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދޭ ބީދައިން، ކުދި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ހޯދާ ކާމިޔާބީތަކާއި، އެ ޤައުމުތަކުން ރަނގަޅަށް ކުރާ ކަންކަމުގެ ޚަބަރުތައްވެސް ބައިނަލްއަޤްވާމީ މީޑިއާތަކުން ގެނެސްދިނުމަކީ ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

media

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު ފައިސާ ދޫކުރަންފަށާނެ