ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން 39 މީޑިއާއަކަށް ފައިސާ ދޫކުރަން ފޮނުވައިފި

media
TTH_Ads
STO_Ads
Maldivian_Ads
Advertisement

އަމިއްލަ މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް ޝަރުތުހަމަވާ 41 މީޑިއާގެ ތެރެއިން، 39 މީޑިއާއަކަށް ފައިސާ ދޫކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާ އަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ، މި އަހަރު ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް 41 މީޑިއާއަކުން ޝަރުތުހަމަވެ، އެ މީޑިއާތަކުގެ މައުލޫމާތާއި ފައިސާގެ އަދަދު އެ ކޮމިޝަނުން މިދިޔަ ޑިސެމްބަރު މަހު 30 ވަނަ ދުވަހު ޒުވާނުންގެ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް 41 އެޕްލިކޭޝަންގެ ތެރެއިން ދެ އެޕްލިކޭޝަންއަކީ އެއް ކުންފުންޏަކުން ހިންގާ ދެ މީޑިއާކަން ފާހަގަވުމާ ގުޅިގެން، އެ މީޑިއާއާއި ބައްދަލުކޮށް އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މީޑިއާގެ ޕޭމަންޓް ހޯލްޑްކުރުމަށް ޒުވާނުންގެ ވުޒާރާއަށް އަންގާފައިވާނެ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމިޝަނުން ބުނެފައިވަނީ، ދައުލަތުންދޭ އެހީތެރިކަން ލިބޭނީ 40 މީޑިއާއަކަށް ކަމަށެވެ. އަދި އެހީއަށް އެދިފައިވާ މިޑިއާ ޕޯޓަލް ތެރެއިން ގެނުވުނު ބަދަލުތައް ފެންނާނެ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

HajjCop_ads
Advertisement

މާލީ ގޮތުން އަމިއްލަ މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ، އެ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި، އެހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެ އަމިއްލަ ރައުޔަށް ކަންތައްތައްކުރުމުގެ ބާރުވެރިކަން ހޯދައި ދިނުން ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މިޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރީ-ރަޖިސްޓްރީނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރަނީ

ނޫސްވެރިންނަށް އޮތް ހައްޖާ އުމްރާގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

425911 3 395bd4ac6a49ba36385c33a393b08b0a7e846680 medium

ފޯނުކޯލެއް ބްރޯޑްކާސްޓުކުރާނަމަ އެކަން އެފަރާތަކަށް އަންގަންޖެހޭނެ: މީޑިއާ ކޮމިޝަން

އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ މީޑިއާ ފޯރަމް ޗައިނާގައި ފަށައިފި