ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ވަޒީފާއިން ވަކިވާން ބޭނުން މުވައްޒަފުންނަށް ފުރުސަތު ދީފި

fenaka
TTH_Ads
Maldivian_Ads
STO_Ads
Advertisement

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި، ހަތަރު މަހުގެ މުސާރަ އެއްފަހަރާ ލިބޭ ގޮތަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފިއެވެ.

ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ފޮނުއްވި މެމޯއެއްގައި ބަޔާންކޮށްފައިވަނީ، މިއީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ކުރިއަށްގެންދާ “ރީސްޓްރަކްޗަރިން” މަސައްކަތުގެ ބައެއް ކަމަށެވެ.

އެ ފުރުސަތުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މާދަމާއިން ފެށިގެން ކުރިއަށް އޮތް އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ. އެކަމަށް ޝައުގުވެރިވާ މުވައްޒަފުން އެކަމަށް އެދި ހުށަހަޅަންޖެހެނީ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ކަމަށާއި، މިގޮތަށް ވަކިވާ ކޮންމެ މުވައްޒަފަކަށް ހަތަރު މަހުގެ މުސާރަ އިނާޔަތެއްގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައިކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ.

HajjCop_ads
Advertisement

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގައި މިހާރުވެސް 8,000 އެއްހައި މުވައްޒަފުން އެބަތިއްބެވެ. މިއީ ކުންފުނީގެ އާމްދަނީއާ އަޅާބަލާއިރު ނިސްބަތުން ވަރަށް ގިނަ އަދަދެއްކަން ފާހަގަކުރައްވައި، އަފީފް ވިދާޅުވެފައިވަނީ ކުންފުނީގައި މަސައްކަތް ކުރަންވާނީ އެންމެ އެކަށޭނެ ގޮތެއްގައި ނަތީޖާ ނެރެވޭނެ މުވައްޒަފުން ކަމަށެވެ.

ފެނަކައަކީ ފާއިތުވި ދުވަސްތަކުގައި ސިޔާސީ ގޮތުން ގިނަ އަދަދަކަށް މުވައްޒަފުން ވައްދައި، ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު ބޮޑު ގެއްލުމެއްގައި ހިންގަމުން އައި ކުންފުންޏެކެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް އަންގާފައެވެ. މިގޮތުން 33 ޕަސަންޓް މުވައްޒަފުން މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ވަނީ އަންގާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

Io

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތަށް ބަރޯސާވެވެނީ އިންޖިނިއަރުންގެ ބުރަ މަސައްކަތުން: އަފީފް

WhatsApp Image 2026 08 28 at 18.07.38

ހޯރަފުށީ ސްކޫލް ދަރިވަރުންނަށް ކަރަންޓާ ބެހޭ ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވައިފި

Resorts

ހޯރަފުށްޓަށް 1000 ކިލޯވޮޓްގެ އާ ޖެންސެޓެއް ގެންގޮސްފި