ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ނެނޯ ނީޑަލް ބޭނުންކޮށްގެން ސާޖަރީތައް ކުރަން ފަށައިފި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ސިއްހީ ދާއިރާއަށް އައި ބޮޑު ކުރިއެރުމަކާއެކު، މުޅިން އަލަށް “ނެނޯ ނީޑަލް” ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުޅުތަކުގެ އެތެރެ ބަލައި ފަރުވާދިނުމުގެ ހާއްސަ ސާޖަރީތައް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފިއެވެ.

“ނެނޯ ނީޑަލް ކެމެރާ ބޭނުންކޮށްގެން ބެލުމުން، ހުޅުތެރޭގައި އިތުރު ކަށިކޮޅެއް ހުރިތޯއާއި، ކާޓިލޭޖް ނުވަތަ އޮމާން ފަށަލައަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން ލިގަމެންޓުގެ ހާލަތު އެމްއާރްއައި އެއް ނަހަދާވެސް ސީދާ ބަލައިލެވޭނެ،” ޑރ. ޒާހިރު

މިއީ ރާއްޖޭގެ ކުދި ހުޅުތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދުމުގައި ލިބިގެންދިޔަ ތާރީހީ ކުރިއެރުމެކެވެ.

HajjCop_ads
MMA_Ads
Advertisement

ނެނޯ ނީޑަލް ސާޖަރީއަކީ މިހާރު އާންމުކޮށް ކުރަމުންދާ އާތްރޮސްކޮޕިކް ސާޖަރީތަކާ ހިލާފަށް، މާ ކުޑަ ލޯވަޅަކުން ކުރެވޭ ސާޖަރީއެކެވެ. މީގައި ބޭނުންކުރަނީ އިންޖެކްޝަން ކައްޓެއްހާ ހަނި، އަދި އެކި ގޮތްގޮތަށް ލަނބާލެވޭ ފްލެކްސިބަލް ކެމެރާއެކެވެ. މި ޓެކްނޮލޮޖީގެ އެހީގައި، އާދައިގެ ކެމެރާތަކަށް ނުވަދެވޭ ފަދަ ހަނި ދޭތެރެތަކަށް ފަސޭހައިން ވާސިލުވެ، ހުޅުގެ އެތެރޭގެ މައްސަލަތައް ދެނެގަނެ ފަރުވާ ދެވޭނެއެވެ.

“މި އޮޕަރޭޝަން ނިންމާލުމަށްފަހު އެދުވަހުން އެދުވަހަށް ބަލިމީހާއަށް ގެއަށް ދެވޭނެ. އަދި އޮޕަރޭޝަނަށްފަހު ވާ ތަދު ކުޑަވުމުން، ފިޒިއޮތެރަޕީގެ ކަންކަން އަވަހަށް ފެށި، ބަލިމީހާގެ ހާލަތު އަވަހަށް ރަނގަޅުވެގެންދާނެ،” ޑރ. އައްސަދު

އައިޖީއެމްއެޗްގެ އޯތޮޕީޑިކްސް ޑިޕާޓްމެންޓުގެ ކޮންސަލްޓަންޓް ޑރ. އިސްމާއިލް ޒާހިރު ވިދާޅުވި ގޮތުގައި، މި އައު އުކުޅާއެކު ބަލި ދެނެގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ސާޖަރީގެ އެންމެ ބޮޑު އެއް ފައިދާއަކީ “ޑޭކެއަރ” އުސޫލުން ފަރުވާ ދެވުމެވެ. މިކަމާ ގުޅޭގޮތުން އެނެސްތީޝިއާ ޑިޕާޓްމެންޓުގެ ޑރ. އައްސަދު މުހައްމަދު ޝަހީދު ފާހަގަކުރެއްވި ގޮތުގައި، މި އައު އުކުޅުގެ ސަބަބުން ބަލިމީހާ ހޮސްޕިޓަލުގައި މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

މީގެއިތުރުން، އެހެނިހެން ބަލިތައް ހުންނަ ހައި-ރިސްކް މީހުންނަށްވެސް މިއީ ރައްކާތެރިކަމާއެކު ދެވޭނެ ފަރުވާއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗަކީ ކިޔަވައިދޭ ހޮސްޕިޓަލަކަށް ވުމާއެކު، މިފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފްވުމަކީ މެޑިކަލް ދަރިވަރުންނަށް އެންމެ ފަހުގެ އުކުޅުތައް ދަސްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ހޮސްޕިޓަލުގައި 4ކޭ ކޮލިޓީގެ ކެމެރާތައް ބޭނުންކުރަން ފަށާފައިވާއިރު، މި ނެނޯ ޓެކްނޮލޮޖީއަކީ ރާއްޖޭގެ ސިއްހީ ހިދުމަތް ދުނިޔޭގެ ފެންވަރަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ކަރަންޓުގައި ޖެހުނު ކުއްޖާ ވެންޓިލޭޓަރުން ނަގައި ވޯޑަށް ބަދަލުކޮށްފި

Igmh

ކަރަންޓު ޖެހި ފިހުނު ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

Igmh

ކަރަންޓު ޖެހި ފިހުނު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

Igmh

ހިމަބިހީގެ ކޭސްތައް ފެންނާތީ އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި