ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ލޯންޗަށް ބޮޑު ގެއްލުންތަކެއް ވެފައިވާ އިރު، އޭގެން ދަތުރުކުރި ދެ މީހުންނަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި އެމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެ ލޯންޗުގައި ވެސް ވަނީ ފަރުވާދީފައެވެ.
އެމްއެންޑީއެފުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ “ޓުއާ ގާޑް” ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން، އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެ ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ލިބޭގޮތް ވަނީ ނުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު