ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށިން ހުސް ކޮންޓެއިނަރ ބަރުކުރަން ފަށައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ބޯޓު ފަހަރުތައް ތިލަފުއްޓަށް ބަނދަރުކޮށް، ހުސް ކޮންޓެއިނަރުތައް ބަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާ ގުޅިގެން އުފެދިފައިވާ ތޮއްޖެހުމާއި އޮޕަރޭޝަންތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، މި ވަގުތަށްވެސް ކުރެވޭނެ ކަންތައްތައް ދެނެގެނެ، ބަނދަރުން ފޯރުކޮށްދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެމްޕީއެލްއިން އަންނަނީ މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންނެވެ.

އެމްޕީއެލްއިން ވިދާޅުވީ މި މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދެ މަހެއްހާ ދުވަސްތެރޭގައި ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތަކީ ތިލަފުށީގައި “އެމްޕްޓީ ކޮންޓޭނަރ ޑީޕޯ”ގެ ގޮތުގައި ބޭނުންކުރަމުންދާ ސަރަހައްދުގައި ޤާއިމްކޮށްފައިވާ 60 މީޓަރުގެ ކީ ވޯލްއަށް ކޮންޓެއިނަރ އުފުލާ އުޅަނދުތައް ބަނދަރުކޮށް، ހުސް ކޮންޓެއިނަރ ލޯޑްކުރުމުގެ އޮޕަރޭޝަންތަކަށް އެ ސަރަހައްދު
ބޭނުންކުރަން ފެށުންކަމަށެވެ.

HajjCop_ads
Advertisement

މި އައު އިންތިޒާމުގެ ދަށުން، ކޮންޓެއިނަރ އުފުލާ ބޯޓު ފަހަރު ތިލަފުށީގައި ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ވަނީ ކާމިޔާބު ޓްރައިލްއެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް)ގެ “އެމްއެސްއެސް ގަލޭނާ” ބޯޓު ކާމިޔާބުކަމާއެކު ތިލަފުއްޓަށް ބަނދަރުކޮށް، ހުސް ކޮންޓެއިނަރުތައް ބަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓެއިނަރ އުފުލާ ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމަށްފަހު، ގިނަ އުޅަނދުތައް އަނބުރާ ދާނީ ހުސް ކޮންޓެއިނަރ ބަރުކޮށްގެންކަމަށެވެ. އެހެންނަމަވެސް، ބަނދަރުގެ އޮޕަރޭޝަންތަކަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، ކޮންޓެއިނަރ ލޯޑްކޮށްގެން، އުޅަނދުތައް އެނބުރި ދިއުމަށް ގިނަ ދުވަސްތަކެއް ހޭދަވާކަމަށެވެ. އެހެންކަމުން ތިލަފުށިން ކޮންޓެއިނަރ ލޯޑިންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ބަނދަރުގައި ބޯޓު ފަހަރު ހޭދަކުރާ މުއްދަތު ކުޑަކުރެވޭނެ ކަމެއްކަމަށެވެ. މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބޭނެކަމެއްކަމަށް ވިދާޅުވިއެވެ.

އެމްޕީއެލްއިން ވިދާޅުވީ މިއީ ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ މަސައްކަތް ފުރިހަމަކޮށް، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހު އައު ބަނދަރު ހުޅުވެންދެން، މާލޭ ވިޔަފާރި ބަނދަރުގައި މިހާރު ދިމާވެފައިވާ ދަތިކަމަށް ލިބޭނެ ވަގުތީ ހައްލެއްކަމަށެވެ. ތިލަފުށީގައި މި ފެށި އޮޕަރޭޝަންތަކަކީ އެކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން ގުޅިގެން، ފާއިތުވި މަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.

އެމްޕްޓީ ކޮންޓެއިނަރ ޑީޕޯއަކީ ހުސްކޮށް ހުންނަ ކޮންޓެއިނަރުތައް ރައްކާކުރުމަށާއި، ބެލެހެއްޓުމަށާއި، ސާފުކުރުމުގެ އިތުރުން މަރާމާތު ކުރުމަށް ބޭނުންކުރާ ޚާއްސަ ފެސިލިޓީއެކެވެ. މިފަދަ ޑީޕޯތަކަކީ ޝިޕިންގް ލައިންތަކަށް އިތުރުވާ ކޮންޓެއިނަރުތައް ރައްކާކޮށް، އަލުން ބޭނުންކުރުމަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރާ ފެސިލިޓީއެކެވެ. ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީއީޔޫއަށް މަތިވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް